ހޯރަފުށި އެއާޕޯޓަށް ކަރަންޓުގެ ޙިދުމަތް ދޭން ފަށައިފި ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ވިދާޅުވެއްޖެއެވެ.
ފެނަކައިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހޯރަފުށި އެއާޕޯޓަށް ބޭނުންވާ ކަރަންޓުގެ ޙިދުމަތް ދެވޭނެ ނިޒާމެއް މިހާރު ވަނީ ޤާއިމް ކުރެވިފައިކަމަށެވެ. އަދި އެ ނިޒާމުން ކަރަންޓުގެ ޙިދުމަތް ފޯރުކޮށްދޭން މިއަދު ފައްޓާފައިވާކަމަށް ފެނަކައިން ވިދާޅުވިއެވެ.
ހއ. ހޯރަފުށީ އެއާރޕޯޓުގެ މަސައްކަތް އަންނަ މަސްތެރޭ ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް، މަސައްކަތާއި ހަވާލުވެހުރި ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ ވިދާޅުވެފައެވެ.
Hoarafushi Airport ah beynunvaa karantu ge khidhumaiy dheveyne nizaam eh mihaaru vanee qaaim kurevi e nizaamun karantu foarukohdheyn miadhu vanee fettifa. pic.twitter.com/ltopZjnAXm
— Fenaka Corporation Ltd (@TeamFenaka) October 29, 2020
އެގޮތުން އެމްޓީސީސީއިން ބުނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދަނީ އެރަށު އެއާރޕޯޓުގެ މަސައްކަތް އަންނަ މަހުގެ 11 ވަނަ ދުވަހާއި ހަމައަށް ނިންމާލެވޭތޯކަމަށެވެ.
ޖުމްލަ 842200 ކުއިބިކް މީޓަރުގެ ބޮޑު ސަރަހައްދެއްވަނީ އެއާޕޯޓު އެޅުމަށްޓަކައި ހިއްކާފައެވެ. މި އެއާޕޯޓުގައި 1120 މީޓަރުގެ ހިލަ ތޮއްޓެއްވެސް ވަނީ ލައިފައެވެ. 1200 މީޓަރުގެ ރަންވޭއެއްގެ އިތުރުން ފްލައިޓް ޕާކިން އަދި ޓެކްސީވޭ އެއްވެސް މިއެއާރޕޯޓުގައި ހިމެނެއެވެ. އަދި ފަޔާރ ބިލްޑިންގގެ އިތުރުން ފަސިންޖަރުންގެ ޓާރމިނަލްވެސް މިއެއާރޕޯޓު ނިމޭއިރު ހުންނާނެކަމަށް އެމްޓީސީސީއިން ބުނެއެވެ.




