ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމެބަރު އަހްމަދު ޝިޔާމަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށްފަހު ގެއަށް ދޫކޮށްލައިފިއެވެ.
އަހްމަދު ޝިޔާމްގެ ސިއްހީ ހާލު ދެރަވެ، ސިއްހީ ފަރުވާ ދިނުމަށް އެޑީކޭ ހޮސްޕިޓަލަށް ގެންދެވިފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ވިދާޅުވީ، ޝިޔާމް ޞިއްޙީ ޙާލުކޮޅު ދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށްފަހު މިއަދު ގެއަށް ދޫކުރެވިފައިވާ ކަމަށެވެ.
އަދި އެމަނިކުފާނުގެ ޙާލުކޮޅު މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމްގެ ސިއްޙީ ޙާލުކޮޅު ދެރަވުމާ ގުޅިގެން އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދި މެސެޖް ފޮނުއްވާ ހެޔޮ ދުޢާކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށް ވިދާޅުވިއެވެ.
ޝިޔާމް ފާހަގަ ކުރެވިގެން ދަނީ އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ހަރަކަތްތަކުގައި ވަރަށް އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތެއްގެ ގޮތުގައެވެ.



