ފޮޓޯ: ޕޮލިސް ލައިފް

ތޫމް ރެސްޓޯރަންޓްގެ ފިލާތަކެއް ވަގަށް ނެގި ދެމީހުން ހޯދަނީ

މާލޭގައި ހުންނަ ތޫމް ރެސްޓޯރަންޓްގެ ފިލާތަކެއް ވަގަށް ނެގި މައްސަލައާއި ގުޅިގެން، ވީޑިއޯ އާންމުކޮށް ދެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، މި ވީޑިއޯ ފެންނަ ދެމީހުންނަކީ ތޫމް ރެސްޓޯރަންޓް ބަންދުކުރުމަށް އެތަނުން ބޭނުންކުރަމުންދާ ފިލާތަކެއް 2020 އޮކްޓޫބަރު 3 ވަނަ ދުވަހުގެ ވަގުތެއްގައި ވަގަށް ނަގާފައިވާކަމަށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެމީހުން ކަމަށެވެ.

މި ވީޑިއޯ އިން ފެންނަ ގޮތުގައި މި ދެމީހުން ތޫމް އާއި ދިމާލުން ގޮސް ޕިކަޕެއް މަޑުކުރުވައި ޑްރައިވަރާއި ވާހަކަ ދައްކައެވެ. އަދި އެއަށްފަހު މަގު ހުރަސްކޮށް އެ ދެމީހުން ދެއެވެ.

ވީމާ މި ދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށާއި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ