ފޮޓޯ: އިމިގްރޭޝަން/ޓްވިޓާ

މޯލްޑިވްސް އިމިގްރޭޝަންގެ އިސްތިރާޖީ ޕްލޭން ތަޢާރަފްކޮށްފި

މޯލްޑިވްސް އިމިގްރޭޝަންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލާފައިވާ "ސްޓްރެޓެޖިކް ޕްލޭން 2020-202.4" ތަޢާރަފްކޮށްފިއެވެ.

އިސްތިރްޖީ ޕްލޭން ތަޢާރަފްކޮށްދެއްވީ މިކަމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަންގެ ހެޑް އޮފީހުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، އަލްއުސްތާޛު ފައްޔާޓްއިސްމާއިލްއެވެ. އިމިގްރޭޝަނުން މިއަދު ވިދާޅުވީ،

މި ޕްލޭންގެ މަޤްސަދަކީ، ދުރު ރާސްތް އަމާޒަށް ވާސިލުވުމަށްޓަކައި ޙިކުމަތްތެރިކަމާއެކު މަސައްކަތްތައް ރާވާ، އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ތަރައްޤީ ކުރުމަށް ގެންނަންޖެހޭ ބަދަލުތަކާއެކު ކަމާއިގުޅުންހުރި އިދާރާތަކާއި ގުޅިގެން، މި ޕްލޭން އެއްގޮތަށް އިމިގްރޭޝަންގެ މޯސައްކަތްތައް ތަންފީޒުކުރުންކަމަށެވެ.

މި އިސްތިރާތީ ޕްލޭނަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތަންފީޒުކުރުމަށްޓަކައި ސަރުކާރުގެ ވަޢުދުތަކާއި އެއްގޮތްވާނޭހެން އެކުލަވާލާފައިވާ ޕްލޭނެކެވެ. އަދި މި އިސާތިރާތީ ޕްލޭންގައި މައިގަނޑު ހަތަރު ދާއިރާއަކަށް އަލިއަޅުވާލާފައިވާނެއެވެ. އެގޮތުން އިމިގްރޭޝަންގެ ޚިދުމަތްތައް ލާމަރުކަޒީކޮށް ހަމަހަމަކަމާއިއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމާއި، އިމިގްރޭޝަން އޮފިސަރުންގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ތަމްރީން ޕްރޮގްރާމްތަކާއި ތަޢުލީމީ ފުރުސަތުތައް ފަހިކޮށްދިނުމާއި، ވައިގެ މަގުންނާއި ކަނޑު މަގުން ރާއްޖެ އަންނަ އަދި ރާއްޖެއިން ފުރާ ފަރާތްތަކަށް އިމިގްރޭޝަން ކާލިއަރެންސް ދިނުމުގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމަށާއި، ރާއްޖޭގެ
މައިގްރޭޝަން ނިޒާމާ އިތުރަށް ތަރައްޤީކޮށް އިންސާނީ ވަގުފާރި ހުއްޓުވުމަށްޓަކައި މަސައްކަތް ކުރާނެ އަމާޒުތައް ކަނޑައަޅާފައިވާނެކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ސްޓްރެޓެޖިކް ޕްލޭން 2020-2024 ތަޢާރަފްކޮށްދެއްވާ މި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، އަލްއުސްތާޛު ފައްޔާޒް އިސްމާއިލް ވިދާޅުވީ، މުވައްސަސާތަކުން ސަރުކާރުގެ އިސްތިރާތީ އެކްޝަން ޕްލޭނާ އެއްގޮތަށް އެމުވައްސަސާތަކުގެ އެކްޝަން ޕްލޭންތައް ތަޢާރަފްކޮށް، އެ ޕްލޭނުގެ ދަށުން މަސައްކަތްކުރަމުން ދަނީ މީގެކުރިން ކޮށްފައިނުވާ މިންވަރަށް ކަމަށެވެ.

އަދި މިފަދަ މަސަތްކަތްތައް މުހިންމުވަނީ، މިކަންކަމުގެ ސަބަބުން އަޅުގަނޑުމެން އެންމެންނަށް ވެސް ކުރިޔަށް ދާންވީ މިސްރާބު ވަރަށް ސާފުކޮށް އެނގެން އޮތުމާއި އަދި އަޅުގަނޑުމެން މިސްރާބުން ކައްސާލައިގެން ދާނަމަ އެކަން ފަސޭހައިން ދެނެގަނެވޭތީކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ