"މޯލްޑިވްސް ވޭވް"ގެ ބްރޭންޑް އެމްބަސަޑަރަކަށް ދަގަނޑޭ!

ރާއްޖޭގެ ފުރަތަމަ އަތުކުރި ގަޑި ބްރޭންޑް ކަމަށްވާ "މޯލްޑިވްސް ވޭވް" ގެ ބްރޭންޑް އެމްބެސެޑަރަކަށް، މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް(ދަގަނޑޭ) ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ވޭވްގެ ސީއީއޯ މުހައްމަދު ޒާޖީ އިސްމާއިލް މި ނޫހަށް ވިދާޅުވީ، ދަގަނޑޭ މޯލްޑިވްވެސް ވޭވްގެ އެމްބެސަޑާއަކަށް ހަމަޖައްސާފައި މިވަނީ، ދަގަނޑޭއަކީ ދިވެހި ރާއްޖޭއަށް ބޮޑު ފަޙްރަކަށް ވާތީ ކަމަށެވެ. އަދި ދަގަނޑޭއަކީ ރާއްޖޭގެ އިތުރުވެސް ބައިނަލްއަގުވާމީ މައިދާނުގައި ވެސް މަގުބޫލު ފަރާތަކަށް ވާތީވެ ދަގަނޑޭ ލައްވާ މޯލްޑިވްސް ވޭވް ބްރޭންޑް ރިޕްރެޒެންޓް ކުރަން ބޭނުންވާތިކަމަށެވެ.

މޯލްޑިވްސް ވޭވްގެ އަކީ ވިޔަފާރިއަކަށްވުރެ ބޮޑަށް މުޅި ދިވެހި ރާއްޖެ ރަމްޒްކޮށްދޭ ބްރޭންޑެއްކަމަށް ޒާޖީ ވިދާޅުވިއެވެ. އެގޮތުން މި ދުވަސްވަރަކީ ކޮވިޑް-19ގެ ސަބަބުން ދިވެހި ރައްޔިތުންނަށް މާލީ ދަތިތަކެއް ކުރިމަތިވާ ވަގުތެއްކަން ފާހަގަކޮށް، ޒާޖީ ވިދާޅުވީ، އެމީހުންގެ ރީތި އަތުކުރި ގަޑިތައް ގަތުމަށް ގިނަ ބަޔަކު ބޭނުންވާކަމަށެވެ. އެހެންކަމުން މި ހާލަތުގައި އާންމުންނަށް ގަޑި ވިއްކުމުގައި ބޮޑު ޑިސްކައުންޓް ރޭޓުތަކެއް ދެމުންދާކަމަށް ޒާޖީ ފާހަގަކުރިއެވެ.

އެކި ޑިޒައިންތަކަށް އުފައްދާފައިވާ މި ރީތި ގަޑިތަކަކީ، ބަލައިލަން ވަރަށްވެސް ހިތްގައިމު އަތުކުރީ ގަޑިތަކެކެވެ. އަދި މިއިން ކޮންމެ ގަޑިއެއްވެސް ރަމްޒުކޮށްދެނީ ދިވެހިރާއްޖެއެވެ. އެގޮތުން މި މި ގަޑިތައް ފަރުމާކުރުމުގައި ލިޔެލާ ޖެހުން ފަދަ ޑިޒައިންތައް ބޭނުންކޮށްފައިވާއިރު، މި ގަޑިތައް ޑިޒައިން ކޮށްދީފައިވަނީ ޒުވާން ޑިޒައިނަރެއްކަމުގައިވާ އަޒްމަތު އިބްރާހިމްގެ ބުރަ މަސައްކަތުންނެވެ.

ރާއްޖޭގެ ފުރަތަމަ އަތުކުރި ގަޑި ބްރޭންޑް ކަމަށްވާ "މޯލްޑިވްސް ވޭވް" ގެ ފުރަތަމަ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖެއްސީ، މޯލްޑިވިއަން އައިޑަލް އިން ވިދާލި ކުޅަދާނަ ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ