މާލޭ ސިޓީ ކައުންސިލުން ލޮނުޒިޔާރަތް ކޮޅުގައި ހަދާފައިވާ "ލޮނުޒިޔާރަތް ޕާކު" މާދަމާ ހުޅުވުމަށް ނިންމައިފިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި މާދަމާ ހަވީރު 5:00 ޖަހާއިރު މާލޭ ސިޓީ ކައުންސިލުން ލޮނުޒިޔާރަތް ކޮޅުގައި ހަދާފައިވާ "ލޮނުޒިޔާރަތް ޕާކު" ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ވަނީ ނިންމާފައެވެ.
މި ޕާކު ތައްޔާރުކުރުމުގެ މަސައްކަތް ސިޓީކައުންސިލުން ފަށާފައިވަނީ މިދިޔަ 2019 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ ފަހުކޮޅުގައެވެ. މި ސަރަހައްދަކީ ބްރިޖްގެ މަސައްކަތަށްފަހު، ކޮންސްޓްރަކްޝަން ސައިޓެއްގައިގޮތުގައި އޮތް އެ ސަރަޙައްދެވެ.
މި ސަރަހައްދުގައި ޕާކެއް އެޅުމުގެ މަސައްކަތް މިދިޔަ އަހަރު ފަށާފައިވާއިރު، ބާގީޗާއެއްގެ ތީމަށް ތައްޔާރުކޮށްފައިވާ މި ޕާކުގައި އެކި ބާވަތްތަކުގެ ގަސްގަހާގެހި އިންދާފައިވެއެވެ.

ސިޓީ ކައުންސިލުން މި ޕާކު ތައްޔާރުކޮށްފައިވަނީ ސަރުކާރުގެ އެކި ކުންފުނި ތަކުގެ އެހީއާއި އެކުގައެވެ.




