ޔޯގާ ހަރަކާތް ހުއްޓުވި ދިވެހިން ޖަލަށް ލުމަށް އިންޑިއާއިން ސަރުކާރަށް އަންގައިފި

ޔޫތު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އިންޑިއާގެ ކަލްޗަރަލް ސެންޓަރާއި ގުޅިގެން ބާއްވަން އުޅުނު ޔޯގާ ހަރަކާތް ހުއްޓުވި މީހުން ހައްޔަރުކޮށް ޖަލަށްލާން ޖެހޭކަމަށް އިންޑިއާއިން ދިވެހި ސަރުކާރަށް އަންގައިފިއެވެ.

ބައިނަލް އަޤުވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް އިއްޔެ ގަލޮޅު ދަނޑުގައި ޔޯގާގެ ހަރަކާތްތައް ފެށުމާއެކު އެއީ ބުދު ދީނުގެ އަޅުކަމެއް ކަމަށްބުނެ ދިވެހި ޒުވާނުންގެ ބަޔަކު ވަނީ ދަނޑަށް ވަދެ އެ ހަރަކާތް ހުއްޓުވާފައެވެ. އެމީހުން ވަނީ ދަނޑުގައި ޔޯގާ ހަދަން ތިބި މީހުން އެކަން ނުކުރުމަށް އަންގާ އެތަނުން ފޮނުވާލާފައެވެ.

މި ހާދިސާއާ ގުޅިގެން ދިވެހި ދައުލަތް އެއްކޮށް އެލާޓްވެ ޔޯގާ ހަރަކާތް ހުއްޓުވި މައްސަލަ ތަހުގީގު ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ކެބިނެޓް ވަޒީރުންގެ މައްޗަށް އެކުލެވޭ ޚާއްޞަ ކޮމިޓީއެއް އެކުލަވާލެއްވިއިރު ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފަށާފައެވެ.

މި މައްސަލައިގައި އިންޑިއާ ސަރުކާރުން ވަނީ ޔޯގާ ހަރަކާތް ހުއްޓުވި މީހުން ހައްޔަރުކޮށް ޖަލަށް ލުމަށް ދިވެހި ސަރުކާރަށް އަންގާފައެވެ. އަދި އެއީ ރައީސް ޔާމީންގެ އިސްނެންގެވުމަށް ހިންގާ "އިންޑިއާ އައުޓް" ހަރަކާތުގެ ނަތީޖާ ކަމަށާއި އެގޮތުން އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ޤާނޫނީ ހައްލެއް ބޭނުންވާ ކަމަށް ވެސް އިންޑިއާއިން ވަނީ ދިވެހި ސަރުކާރަށް އަންގާފައެވެ.

މީގެ އިތުރުން ގޭގޭގައި ހަރުކޮށްފައިހުރި "އިންޑިއާ އައުޓް" ބެނާތައް ފުލުހުން ނެގީ ރަނގަޅަށް ކަމަށް ކޯޓްތަކުން ނިންމާފައިވާ ކަމަށާއި "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ރައީސް ޞާލިޙު ނެރުއްވި ޤަރާރަކީ ވެސް ރަނގަޅު އެއްޗަކަށްވުމުން ދެން އިންޑިއާއިން ބޭނުންވަނީ އެ ހަރަކާތް ހުއްޓުވޭނެ ޤާނޫނީ ޙައްލެއްކަމަށް އިންޑިއާއިން ރައީސް ޞާލިޙުގެ ސަރުކާރަށް ވަނީ އަންގާފައެވެ.

އެމްޑީޕީން ލީޑްކުރާ ކޯލިޝަން ސަރުކާރު އައި ފަހުން ދިވެހި ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އިންޑިއާއިން ނުފޫޒު ފޯރުވަމުން އަންނައިރު މީގެ ކުރިންވެސްް އެތައް ފަހަރެއްގެ މަތިން އިންޑިއާއިން ވަނީ ރާއްޖޭގެ ބައެއް މީޑިއާތަކާއި އެތަންތަނުގައި މަސައްކަތްކުރ ނޫސްވެރިންނަށް ފިޔަވަޅުއެޅުމަށާއި އެފަރާތްތަކާއި ދެކޮޅަށް ބަޔާން ނެރުމަށް ދިވެހި ސަރުކާރަށް އަމުރުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
5
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ޢަވާމެނދުރު

    މޯދީގެ ބާދިވެހިސަރުކާރައްވެސް ދިވެހިންގެ ބާރު ދިވހިދައުލަތަށްވެސް ނެތްދޯ ވިކިހުސްވެފަ ޕޕމ އަށްތަ ބޮޑަށް އެހެންވީމަ ނުރަރަންކަލީ މިސަރުކާރާ މޖިލީސްގެރިޔާސަތު މޯދީބުނެފިޔާ ގުދައްވެސް އޮންނާނެ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ