މަރުވެފައި އޮއްވާ ފެނުނީ ފިލްމީ ތަރި ޝިފާގެ ފިރިމީހާ

ރޭ ދަންވަރު މާލޭ ގެސްޓް ހައުސްއަކުން މަރުވެފައި އޮއްވާ ފެނުނު ދިވެހި ޒުވާނާއަކީ، ފިލްމީތަރި ޝިފާގެ ފިރިމީހާކަން ކަށަވަރުވެއްޖެއެވެ.

އިތުބާރު ހިފޭ ފަރާތަކުން "ފެށުމަށް" މައުލޫމާތު ދިން ގޮތުގައި، މ. ވިކްޓަރީ ގެސްޓް ހައުސްގައި މަރުވެފައި އޮއްވާ ފެނެފައިވާ ޒުވާނާއަކީ، ދެވަންސޫރަ އަދި ފޯޓީ ޕްލަސްގެ ތަރި މަރިޔަމް ޝިފާގެ ފިރިމީހާ މުހައްމަދު ޠަލާލެވެ.

މާލެ މ.އޮޅުގިރި މުހައްމަދު ޠަލާލް 24، ގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި ވަނީ ބާއްވާފައެވެ.

މި މައްސަލައާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް އަދި ސާފުވެފައިނުވާއިރު، ފުލުުހުން ވިދާޅުވީ، މި ހާދިސާގައި ޝައްކު ކުރެވޭ ކަންކަން ހުރުމުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފުލުހުންގެ ވިދާޅުވީ، ގަލޮޅުގައި ހުންނަ ގެސްޓް ހައުސް ކޮޓަރިއަކަށް ވަތް މީހަކު ނުނިކުމެގެން ރޭ ދަންވަރު 1:47 ހާއިރު ފުލުހުންނަށް ރިޕޯޓް ކުރި ކަމަށެވެ. އަދި އެ ކޮޓަރިއަށް ފުލުހުން ވަދެ އޭނާ ގޮވައިގެން އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. So confusing

    Mendhuru namaadhah fahuga owww

  2. ލިލީ

    ސިފާ އޭނަ މަރާލީ ޖޫސް ތައްޓަށް ޒަހަރު އަޅާފަ، މި ހާރު ސިފާ އަދި އިތުރު ދެ ފިރިހެނަކު ވަނީ ސިފައިންގެ ބެލުމުގެދަށުގައި.

    3
    1
  3. ސާބަސް ހަމަ

    ނޫސް ވެރިޔާ އަށް ވަރަށް ސަލާމް. ފުރަތަމަ ކަމަކަށް މިއަދުގެ އަސުރު ނަމާދު ވަގުތު ވަލުލައިފި ކަމަށް އޮތް އިރު، އަދި އަސުރު ވަގުތު ވާކަށް ވެސް ކައިރި ނުވޭ.ގަލޮޅުގަ ހުންނަ ގެސްޓް ހައުސް އެއް ނޫން..މާފަންނުގަ ހުންނަ ގެސްޓް ހައުސް އެއް. ފުލުހުންނަށް ރިޕޯރޓު ކުރީ ދަންވަރު 1.47 ގަ އެއް ނޫން.ފަތިހު 4.30 ގަ.. ތަންކޮޅެއް ޒިންމާދާރުކަމާ އެކު މިކަން ކުރުން ރަންގަލުވާނެ.

    69
    1
    • saabas

      miadhu asru namaadhuge fahunneh nun. mendhuru namaadhuge fahunney othy.. ragalhah balaalaba

      1
      1
    • vaanuvaa

      mashah fennanee mendhurunamaadhey liyefa oi than.. ?

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ