ޖާބިރުގެ ފަރާތުން މޯދީއަށް ދިވާލީގެ ހެޔޮއެދުންތައް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އިންޑިއާގައި ފާހަގަކުރާ ހިންދޫ ދީނުގެ ލައިޓް ފެސްޓިވަލްއެއް ކަމަށްވާ ދިވާލީގެ ހެޔޮއެދުންތައް އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފޮނުވައިފިއެވެ.

ޖާބިރު ވިދާޅުވިކަމަށްބުނެ، ޖާބިރު ލީޑަރެއްގެ ގޮތުގައި ހުއްނަވާ ޑީއާރުޕީ އިން ދެންމެކުރި ޓުވީޓެއްގައި ބުނެފައިވަނީ، މޯދީ އަށާއި އިންޑިއާގެ އެކުވެރިންނަށް އުފާވެރި ދިވާލީއަކަށް އެދޭ ކަމަށެވެ.

ދިވާލީގެ ހެޔޮއެދުންތައް މީގެކުރިން ދިވެހި ސިޔާސީ ފަރާތްތަކުން އަވަށްޓެރި އިންޑިއާގެ ސިޔާސީ އިސްފަރާތްތަކަށް ފޮނުވާ މަންޒަރު ފެނިފައެއް ނުވެއެވެ. ދިވާލީއަކީ ހިންދީ ދީނުގެ ދީނީ ފެސްޓިވަލެއްގެ ގޮތުގައި އެދީނަށް ނިސްބަތްވާ މީހުން ފާހަގަކުރާ ދުވަހެކެވެ.

ޖާބިރު ދޭތެރެ ދޭތެރެއިން އަންނަނީ ދީނީ ގޮތުން ހިޔާލު ތަފާތުވުން އުފެދޭފަދަ ބަޔެއް ވާހަކަތައް ފާޅުގައި ވިދާޅުވަމުންނެވެ. މިގޮތުން ކެސިނޯ އެޅުމުގެ ހުއްދަ ދިނުމަށްއެދިވެސް ޖާބިރުވަނީ ވަރަށް ބޮޑަށް ވާހަކަފުޅު ދައްކަވައިފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ