އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، މައިކަލް ރިޗާޑް ޕޮމްޕެއޯ، ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ސިފައިން ހަރަކާތްތެރިވަނީ

ހުޅުމާލޭގައި ހަތިޔާރާއެކު ސިފައިން ތަމްރީނުތަކެއް ކުރިއަށް ގެންދަނީ

ހުޅުމާލޭގައި ހަތިޔާރާއެކު ސިފައިން ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް ތައްޔާރުވެއްޖެއެވެ.

މިނިސްޓްރީ އޮފް ޑިފެންސްއިން ކޮށްފައިވާ އިޢުލާނެއްގައި ބުނީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ ފަރާތުން 16 ނޮވެންބަރު 2020 އިން 18 ނޮވެންބަރު 2020 އަށް ހުޅުމާލެ ފޭސް-2 ގައި ސްމޯލް ޓީމް އެކްސަސައިޒް 2020" ގެ ނަމުގައި ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

އަދި، މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވެ، ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރުމަށް ވެސް ހަމަޖެހިފައިވާކަމަށް ޑިފެންސް މިނިސްޓްރީގެ މިއިޢުލާނުގައިވެއެވެ.

ހުޅުމާލޭގެ އިތުރުންވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަތިޔާރާއެކު ސިފައިންގެ ތަމްރީންތަކެއް ކުރިޔަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މި އަސްކަރީ ތަމްރީންތައް ކުރިޔަށް ގެންދިއުމަށް ހަމެޖެހިފައި ވަނީ ޅ. މާފިލާފުއްޓާއި، ސ. ގަމުގެ ދެކުނުން 07 ނޯޓިކަލް މޭލު ބޭރުގައާއި، ކ. ގިރިފުށީގައެވެ.

4 ސަރަހައްދެއްގައި ސިފައިން ހަތިޔާރާއެކު ތަމްރީންތަކެއް ކުރިޔަށްގެންދަނީ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ