ކަޅުވަކަރު މިސްކިތް މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ހުޅުއްވައިދެއްވައިފިއެވެ.
ކަޅުވަކަރު މިސްކިތް ހުޅުއްވައިދެއްވުމަށް މިއަދު ހެންދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކަޅުވަކަރު މިސްކިތް ރާވާ ބަހައްޓާފައިވަނީ ޤައުމީ ދާރުލް އާޘާރުގެ އުތުރުން އޮންނަ ބިމުގައެވެ. އަދި މިސްކިތް އަލުން ބަހައްޓާފައިވަނީ، އިހުގެ އާސާރީ މިސްކިތެއްގެ ހައިބަތު ފެންނާނެ ފަދައިން، މީހުންނަށް ނަމާދުކުރެވޭނެ އިންތިޒާމުތަކާއެކުގައެވެ.
Inauguration of “Kalhuvakaru Mosque” pic.twitter.com/t1dvJZ5PnU
— The President's Office (@presidencymv) November 17, 2020
ކަޅުވަކަރު މިސްކިތް ހޯދައި، އަލުން އެމިސްކިތް ރޭވުމަކީ މި ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ވަޢުދެކެވެ. ކަޅުވަކަރު މިސްކިތް، ބެހެއްޓެވުމަށް ވަޒީރުންގެ މަޖުލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހެވެ.
ކަޅުވަކަރު މިސްކިތަކީ މުޅިންހެން ކަޅުވަކަރާއި ހިރިގާ ބޭނުން ކޮށްގެން ހަދާފައި ހުރި މިސްކިތެކެވެ. މިސްކިތުގައި ބޭނުން ކޮށްފައި ހުރި ލިޔެލާ ޖެހުމުގެ މަސައްކަތް ރަމްޒު ކޮށްދެނީ ދިވެހީންގެ ފަންނުވެރިކަމާއި މަސައްކަތްތެރިކަމެވެ.



