50 މިލިއަން ޕައުންޑުގެ އަގުހުރި އެޕަލް ޕްރޮޑަކްޓްސް އުފުލި ލޮރީއެއް ހައިޖެކް ކޮށްފި!

ފަސް މިލިއަން ޕައުންޑު (6.6 މިލިއަން ޑޮލަރު)ގެ އަގުހުރި އެޕަލް ކުންފުނީގެ ޕްރޮޑަކްޓްސްތަކެއް އުފުލި ޓްރަކެއް ހައިޖެކް ކޮށްފިއެވެ.

މި ވައްކަމުގެ އަމަލު ހިނގީ، ލަންޑަނާއި ލީޑްސް ސިޓީއާ ގުޅުވައިދޭ އިނގިރޭސިވިލާތުގެ ސަރަހައްދެއްކަމުގައިވާ ނޯތްއެމްޕްޓަންޝަޔަރ ގައި ހުންނަ ބޮޑު މަގަކުންނެވެ.

ނޯތްއެމްޕްޓަންޝަޔަރގެ ފުލުހުން އިއްޔެ ނެރެފައިވާ ސްޓޭޓްމެންޓެއްގައި ބުނެފައިވަނީ، މި ހާދިސާ ހިނގީ މި މަހުގެ 10 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައިކަމަށެވެ.
އެގޮތުން އެޕަލްގެ ޕްރޮޑަކްސްޓްސް އުފުލު މި ލޮރީއިން ބަޔަކު ހައިޖެކް ކޮށް ލޮރީގައި ހުރި ސާމާނުތައް ފަހުން އެހެން ޓްރަކަކަށް ބަދަލުކޮށް ފިލާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އެގޮތުން މުދާތައް ހިފައިގެން ލޮރީގައި ފިލިއިރު، ފިލާފައިވަނީ، ލޮރީގެ ޑްރައިވަރާއި ސެކިއުރިޓީ ގާޑު ބަހައްޓާފައިކަމަށް މި ސްޓޭޓެމެންޓެގައި ފުލުހުން ބުނެފައިވެއެވެ.

ލޮރީއިން މުދާތައް ބަދަލުކުރި ޓްރަކް ފަހުން އެ ގައުމުގެ ބޯޑަރުކައިރިން ފެނިފައިވާއިރު، އެ ޓްރަކްގައި ހުރި 48 ޕެލެޓްގެ އެޕަލް ކުންފުނީގެ އުފެއްދުންތައް ތިންވަނަ ޓްރަކަކަށް އެތަނުން ބަލަދުކޮށްފައިވާކަމަށް ބެލެވޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ޔޫކޭގެ ފުލުހުން މިހާރު ތަހުޤީގުކުރަމުން އަންނައިރު، މި ވައްކަން ހިނގި ވަގުތު އެ ސަރަހައްދުން ދަތުރުކުރި ގިނަ އަދަދެއްގެ ކާރުތަކެއް ފެނިފައިވާނަމަ، ފެނުނު މީހުންނާއި ސުވާލުކޮށް ވާހަކަ ދައްކަން ބޭނުންވާކަމަށް ނެރުނު އިއުލާނުގައި ފުލުހުން ވަނީ ބުނެފައެވެ. އަދި ވައްކަން ހިނގި ސަރަހައްދުގައި ބަހައްޓާފައިވާ ކެމެރާ ފޫޓޭޖްތައް ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.

މީގެ އިތުރުން، އެޕަލްގެ އެއްވެސް އުފެއްދުމެއް އަމިއްލަ ފަރާތަކުން ކުޑަ އަގެއްގައި ވިއްކާނަމަ އެކަން ފުލުހުންނަށް އެންގުމަށްވެސް ނޯތްއެމްޕްޓަންޝަޔަރގެ ފުލުހުން އެދިފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ