މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ގިނަ އަގަދެއްގެ މަސްތުވާތަކެއްޗާއެކު މާލެއިން އިއްޔެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، އިއްޔެ 13:00 ހާއިރު ޕޮލިސް އިންޓެލިޖެންސްއިން ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގައި ހުންނަ ޕޯސްޓް ބިލްޑިން ކުރިމަތިން ހިފެހެއްޓި މީހަކު ބަލާ ފާސްކުރުމުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރުގަނޑު ތަކެއްވަނީ ފެނިފައި ކަމަށެވެ.
ފުލުހުން ވިދާޅުވީ އޭނާގެ އަތުން ފެނިފައިވަނީ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ބޮޑު ދެ ރަބަރުގަނޑު ކަމަށާއި ނަމަވެސް މި ތަކެތީގެ ބަރުދަން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައާއި ގުޅިގެން އުރުމުން 35 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށާއި މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްއިން އިތުރަށް ތަހުޤީގުކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.




