ނުވަ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 71 އަހަރުގެ މީހާގެ ބަންދުގެ މުއްދަތަށް 15 އަނެއްކާވެސް އިތުރުކޮށްފިއެވެ.

މިއީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރުއެވެ. އޭނާގެ ބަންދުގެ މުއްދަތު މި ފަހަރުވެސް އިތުރުކޮށްދީފައި ވަނީ އޭނާ ހައްޔަރު ކޮށްފައި ހުރި ރަށުގެ މެޖިސްޓްރޭޓް ކޯޓުންނެވެ.

މީޑީއާތަކުގައި ހާމަކޮށްފައިވާ ގޮތުގައި ކަމާބެހޭ އިދާރާއަށް ހުށައެޅި މައްސަލައަކީ މަންމަގެ ލޯބިވެރިޔާ އެކުއްޖާއަށް ޖިންސީ ގޯނާ ކުރާ މައްސަލައެވެ. ނަމަވެސް އެމައްސަލަ ހުށަހެޅުމުން ކުއްޖާ ކަމާބެހޭ އިދާރާތަކަށް ހާޟިރު ކުރުމުން ދެ ބޭބެވެސް ޖިންސީ ގޯނާ ކުރާ ކަމަށް ބުނެފައިވާކަމަށްވެއެވެ.

ދެ ބޭބެ ހައްޔަރުކޮށްފައިނުވިނަމަވެސް އެދެމީހުންނާއި ސުވާލުކޮށްފައިވާކަމަށްވެއެވެ.

ނުވަ އަހަރުގެ ކުއްޖަކަށް އެކުއްޖާގެ ދެ ބޭބެގެ އިތުރުން، ކުއްޖާ މަންމަގެ ލޯބިވެރިޔާ ޖިންސީ ގޯނާކުރާ މައްސަލަ ދަނީ ބަަލަމުންނެވެ.

މަންމަގެ އުމުރުން ދުވަސްވީ ލޯބިވެރިޔާ، އެކުއްޖާއަށް ޖިންސީ ގޯނާ ކުރާކަން އެނގިފައިވަނީ، އެވާހަކަތައް އެރަށު މީހުންނަށް އެކުއްޖާ ކިޔައިދިނުމުންނެވެ.

އަންހެން ކުއްޖާގެ ވަނަވަރު ހާމަވެދާނެތީ އެކުއްޖާ ނިސްބަތްވާ ރަށާއި، މައްސަލައިގައި ހިމެނޭ މީހާ ހައްޔަރުކޮށްފައި ހުރި ރަށް ހާމަނުކުރަން ވަނީ ނިންމާފައެވެ.


މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ