ކީރިތި ޤުރުޢާނުގެ އަޑު އިވުނީމާ ޝައިތާނާއަށް އުނދުގޫވާނެ ކަމަށް އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.
އަލީ ރަމީޒު މިއަދު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައި މިވަނީ، ގުރުއާނުގެ އާޔަތްތައް މަޖިލީހުގައި ނުކިޔުމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
Quran ge adu ivuneema, shaithaanaa ah undhagoo vaane eve.
— Ali Rameez (@aliramyz) November 24, 2020
ރައްޔިތުން މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ރައްޔިތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ގުރުއާނުގެ އާޔަތެއް ކިޔުއްވައި އެ އާޔަތުގެ މާނަ ކިޔުއްވަން އުޅުއްވުމުން ނަޝީދު ވަނީ އެކަން ހުއްޓުވައިފައެވެ.
ރައީސް ނަޝީދު ވިދާޅުވީ، ގުރުއާން ހިތުދަސް ނޫން ކަމަށާއި އެހެންކަމުން ރިޔާސަތުގައި އިނދެ މެމްބަރުން ގުރުއާނުގެ އާޔަތްތައް ވިދާޅުވަމުން ގެންދަވާއިރުގައި އޭގެ ސައްހަކަން ކަށަވަރު ނުވާ ކަމަށެވެ.
ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ގިނަ ބަޔެއްގެ ފާޑުކިޔުން ރައީސް ނަޝީދަށް އަންނަނީ އަމާޒުވަމުންނެވެ.
ނަމަވެސް ރައީސް ނަޝީދުގެ ވާހަކަތަކަށް ތާއިދުކޮށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖްލީހުގާ ބަޙުސް ކުރާއިރު ކީރިތިޤުރުއާންގެއާޔަތެއް ނުވަތަ ޤުރުއާނުގެ މާނަނުބައިކޮށް މެމްބަރަކަށް ކިއިދާނެތީ ބަހުޘްގެ މިނިޓުކޮޅުތެރޭ އެފަދަކުށެއް އިސްލާހު ނުކުރެވިއްޖެ ނަމަ ކީރިތިޤުރުއާނަށް ޢިޙްތިރާމްކުޑަ ކުރެވުނީކަމަށް ފެންނާތީ ރިޔާސަތުން އަބަދުވެސް އެފުރުސަތެއްނުދޭކަމަށެވެ.




ހިޔާލު
Mihar ali rameez fenvaru mathivegen mo vaahaka ves eyna thw bina jehenee. Mikankamakee dheenee gothun aisfa hurokankan. Kommehenbodu surilhee egga dheenee gothun vaaridhuvefa huri kankan ali rameez ge namuga jahan kejey thw.. Migarunuge ves bodu joke. Jahan vee noonthw alhamdhulillahinrabbil aalameen:ali rameez. Edhenvaane thw ali rameez ge kameh kamah