މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ހުވަދޫ އެއިޑް ޖަމްއިއްޔާ އާއި ގުޅިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓް ސައިކަލް މެނޭޖްމަންޓް ވޯކްޝޮޕް ފަށައިފިއެވެ.
މި ވޯކްޝޮޕް ކުރިޔަށް ގެންދަނީ މަދަނީ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ކަމަށްވާއިރު މިފަހަރު ވޯކްޝޮޕްގައި 44 ޖަމިއްޔާއަކުން ވަނީ ބައިވެރިވެފައެވެ. މިއީ މަދަނީ ޖަމިއްޔާތަކުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް އަމާޒުކުރެވިގެން ކުރިޔަށް ގެންދާ ވޯކްޝޮޕެކެވެ.
މިފަހަރުގެ ވޯކްޝޮޕް ކޮވިޑް 19 އާ ގުޅިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ވަރޗުއަލްކޮށެވެ.
ޔޫތް މިނިސްޓްރީން ވިދާޅުވީ މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލަން ހަމަޖެހިފައިވަނީ އެކިއެކި ގްރާންޓް ޕްރޮގްރާމްތަކަށް ޕްރޮޕޯސަލް އެކުލަވާލާނެ ގޮތްތަކުގެ މައްޗަށެވެ. މީގެ އިތުރުން މަދަނީ ޖަމްއިއްޔާތަކަށް އަމާޒުކުރެވިގެން މިފަދަ އިތުރު ޕްރޮގްރާމްތައް ކުރިޔަށް އޮތް ތަނުގައިވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމުގައި އެމިނިސްޓްރީން ވިދާޅުވެފައިވެއެވެ.




