މޯލްޑިވްސް މީޑިއާ ކައުންސިލަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ވޯޓް ލުން އޮބްޒާވް ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވެފައި ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޤާނޫނުގެ4 ވަނަ މާއްދާގެ ދަށުން އިންތިޚާބު ކޮށްފައިވާ މީޑިއާ ކައުންސިލްގެ މި ދަޢުރު ހަމަވާތީ، އެ ކައުންސިލަށް އަލުން މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ވޯޓްގައި އޮބްޒަރވަރުންގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލާކަމަށެވެ.
އެގޮތުން މި އިންތިޚާބުގައި އޮބްޒާވަރުންގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ހުށައަޅާ ފޯމު ހޯމް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމުގައި އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ފޯމު ބަލައިގަންނާނީ2020 ނޮވެންބަރު30 ވަނަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން އެ މިނިސްޓްރީންނެވެ.
މި އިންތިޚާބުގައި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވެވޭނީ ކޮންމެ ކެނޑިޑޭޓެއް ނުވަތަ އިދާރާއެއް ނުވަތަ ޖަމިއްޔާ، ޖަމާޢަތެއް ތަމްސީލު ކުރާ އެއް ފަރާތަކަށެވެ.



