ދިވެހިރާއްޖޭގެ ހައިކޯޓުން އިންސްޓަގްރަމް ބޭނުންކުރަން ނިންމައިފިއެވެ.
ހައިކޯޓުން ވިދާޅުވީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިދާރީ ހިންގުމާއި ހައިކޯޓާ ބެހޭ މައުލޫމާތުތައް، ފޮޓޯ އަދި ވީޑިއޯ މެދުވެރިކޮށް ޢާންމުންނަށް ފެންނާނޭހެން ހުޅުވާލުމަށްޓަކައި އިންސްޓަގްރާމް އެކައުންޓެއް ހުޅުވުމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޢާއްމު މަޖިލޫހުން ނިންމަވައިފައިވާކަމަށެވެ.
ހައިކޯޓުން މިއަދު އެ އިދާރާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓު ހުޅުވާފައިވާއިރު، މިހާތަނަށް ދެ ޕޯސްޓެއް ވަނީ އިންސްޓަގްރަމްގައި ހިއްސާކޮށްފައެވެ.
We're on #Instagram. Follow us to keep up with the day to day activity at High Court. https://t.co/0QLaW3UXXr pic.twitter.com/cKGVbzZume
— High Court of the Republic of Maldives (@mvhighcourt) November 30, 2020
ހައިކޯޓާ ބެހޭ މައުލޫމާތުތައް، ޢާންމުންނަށް ހިއްސާކުރުމަށް ހައިކޯޓުން މިހާތަނަށް ބޭނުން ކުރަމުން އައި މީސްމީޑިއާ އެކައުންޓަކީ އެ އިދާރާގެ ރަސްމީ ޓްވިޓާ އެކައުންޓެވެ.




