ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 48 ޕަސެންޓް ނިމިއްޖެ

ކ. ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 48 ޕަސެންޓް ނިމިއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިޔަށް ގެންދާ މި މަޝްރޫޢުގެ ދަށުން ބިންހިއްކުމުގެ މަސައްކަތުގެ %83 މިހާރު ވަނީ ނިމިފައެވެ. އަދި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ %8 ވަނީ ނިމިފައެވެ.

މި މަޝްރޫޢުގެ ދަށުން 644,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި ބިންހިއްކުމާއި، 1200 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިން ރިވެޓްމެންޓް ޖެހުމުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢު މޮބިލައިޒްކޮށްފައިވަނީ 15 އޯގަސްޓް 2020 ގައެވެ.

އެމްޓީސީސީއިން ވިދާޅުވީ މި މަޝްރޫއު އަކީ ގުރައިދޫ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ފަށާފައިވާ މަޝްރޫޢެއްކަމަށެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއައި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އަގަކީ 85.9 މިލިއަން ރުފިޔާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ