ފިރިހެން ކުއްޖަކަށް ހުޅުމާލޭގައި ޖިންސީ ގޯނާކުރި ހަސަން ޢަލީ

ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ގަންހިންގުވި ޒުވާނާ ދޫކޮށްލައިފި

ކުޑަ ދެ ފިރިހެން ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހުޅުމާލޭގައި އާއްމުން ނިކުމެ ގެންހިންގުވުމަށްފަހު ފުލުހުންނާ ހަވާލުކުރުމުން ހައްޔަރުކުރި ޒުވާނާ ދޫކޮށްލައިފިއެވެ.

ހަ އަހަރުގެ ފިރިހެން ކުއްޖަކަށާއި އަށް އަހަރުގެ ފިރިހެން ކުއްޖަކާ މެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކޮށް، 19 އަހަރުގެ އެމީހާ ހުޅުމާލެއިން ހައްޔަރުކުރީ މިިދިޔަ މަހު 25 ވަނަ ދުވަހުގެ ރޭ ދަންވަރު 2:48 އެހާކަށްހާއިރުއެވެ. މިދިޔަ މަހު 26 ވަނަ ދުވަހު އެމީހާގެ ބަންދަށް 12 ދުވަސް ކޯޓުން ޖެހިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެ މީހާ ދޫކޮށްލާފައިވާ ކަމަށެވެ. އޭނާ ދޫކޮށްލީ ކީއްވެ ކަމަށް މީޑިއާ އޮފިޝަލް ވިދާޅެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި ދެވަނަ ފަހަރަށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން ކޯޓުން އެމީހާ ދޫކޮށްލާފައިވަނީ ފުލުހުން އެމީހާ ހައްޔަރުކޮށްފައިވަނީ އިޖުރާތްތަކާ ހިލާފުވެފައިވާ ކަމަށް ބުނެއެވެ. އެގޮތުން އޭނާ ދޫކޮށްލީ ޖިނާއީ އިޖުރާތުގެ 45 ވަަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށެވެ.

ކުޑަކުއްޖަކާއި ބެހުނު މީހާ ގަން ހިންގުވާފައި ގެންދަނީ

އެ މާއްދާަގައި ބުނެފައިވަނީ، ކޯޓު އަމުރެއްގެ ދަށުން ނުވަތަ ކޯޓު އަމުރަކާ ނުލައި ނަމަވެސް، މީހަކު ހައްޔަރުކޮށްފި ކަމުގައިވާނަމަ، ލަސްނުކޮށް، އެންމެ ކައި ރީގައިވާ ފުލުހުންގެ މަރުކަޒަކަށް އޭނާ ގެންދަންވާނެ ކަމަށެވެ.

ހުޅުމާލޭގައި ފުލުހުންގެ ދެ އިމާރާތްތ ހުރެއެވެ. ޝރީއަތުގެ މަޖިލީހުގައި ގާޒީ ބުނި ގޮތުގައު ކުށުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ގެންގޮސްފައިވަނީ އެންމެ ދުރުގައި ހުރި ޕޮލިސް ސްޓޭޝަނަށެވެ.

އެމީހާ ގަން ހިންގުވާފައި ގެންގޮސް ފުލުހުންނާއި ހަވާލު ކުރުމުގެ ކުރިން ނަގާފައިވާ ވީޑިއޯއެއް މީސް މީޑިއާގައި ވަނީ ދައުރުވެފައިވާއިރު، އެ ވީޑިއޯގައި އެ މީހާ އެ ކުދިންނަށް ޖިންސީ ގޯނާ ކުރި ކަމަށް އެއްބަސްވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ