މެދުކަނޑާލަފައި އޮތުުމަށްފަހު ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފިއެވެ.
ކޮވިޑް-19 އަށްފަހު ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް މެދުކަނޑާލާފައި އޮތުމަށްފަހު މިދިޔަ އޮކްޓޫބަރުމަހުގެ 17 ވަނަ ދުވަހު ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށިއެވެ. ނަމަވެސް ދަތުރުތައް މެދުކަނޑާލީ އިނގިރޭސިވިލާތް 2 ވަނަ ފަހަރަށް ލޮކްޑައުން ކުރުމާއި ގުޅިގެނެވެ.
ބްރިޓިޝް އެއާވެއިސްގެ ދަތުރުތައް ރާއްޖެއަށް އަލުން މިއަދު ފަށާފައިވާއިރު، ފުރަތަމަ ފްލައިޓުގައި 250 މީހުން ވަނީ އައިސްފައެވެ. އަދި އެ އެއާރލައިންއިން ރާއްޖެއަށް ކޮންމެ ދުވަހަކު ފްލައިޓްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެކުރިން ދަތުރުތައް ބާއްވަމުންދިޔައީ ހަފްތާއަކު 3 ދުވަހުއެވެ.
ބްރިޓިޝް އެއާވޭސް އިން ރާއްޖެ އަށް ސީދާ ދަތުރުތައް ފަށާފައިވަނީ 2015 ވަނަ އަހަރުއެވެ. ރާއްޖޭގެ އިތުރުން ދުނިޔޭގެ އެހެން ބައެއް މަންޒިލްތަކަށްވެސް އެ އެއަރލައިނުން ކުރަމުން ދިޔަ ދަތުރުތައް މިމަހުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖައްސާފައެވެ.
ބްރިޓިޝް އެއަރވޭސްއަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ އެއަރލައިނެކެވެ. އެހެންކަމުން މި އެއަރލައިންގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމުގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެކަމަށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ.



