ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ޙައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، އަޕަރ ސައުތު ޕޮލިސް ޑިވިޒަން (ގއ އަދި ގދ އަތޮޅު) ގައި ހިމެނޭ ރަށެއްގައި އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުޙުމަތު ކުރެވޭ މައްސަލައެއް 02 ޑިސެމްބަރު 2020 ގައި ހުށަހެޅިފައިވާކަމަށެވެ.
އަދި މިމައްސަލާގައި އުމުރުން 36 އަހަރުގެ ބިދޭސީއަކު ޙައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މިއަދު ޙައްޔަރުކުރެވުނު މިބިދޭސީ މީހާ ޙައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ހަވީރު 05:33 ހާއިރުކަމަށެވެ.
ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.