ފުލުހުންގެ ޤާނޫނުގެ އިޞްލާޙްތައް ޤާނޫނުއަސާސީއާ ފުށުއަރާކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވެފައި މިވަނީ، ފުލުހުންގެ މުއައްސަސާގެ އިސް އޮފިސަރުން މަޤާމުން ދުރުކުރެވޭ އިސްލާހާއެކު ފުލުހުންގެ ހިދުމަތުގެ ބިލު ރައްޔިތުންގެ މަޖިލީހުން ރޭ ފާސްކޮށްފައިވަނިކޮށެވެ.
ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ލީޑާޝިޕްގައި އެއްވެސް ބަޔަކަށް ރައްކާތެރިކަމެއް ނެތް ކަމަށާއި، ފުލުހުންގެ ޤާނޫނުގެ އިސްލާޙްތައް ޤާނޫނު އަސާސީއާއި ފުށުއަރާކަމަށެވެ.
"ފުލުހުންނާ ޒާރީ ނަފްރަތު އޮވެ، ފުރުޞަތުގެ ބޭނުންކޮށް ފުލުހުން ނިކަމެތިކޮށް ލަދުގަންނަވާލަނީ!" ޖަމީލްގެ ޓްވީޓުގައި ވިދާޅުވިއެވެ.
ޖަމީލް އިތުރަށް ވިދާޅުވީ، ފުލުހުންގެ ހައްޤު އިދިކޮޅުން ހޯދައިދޭނެކަމަށެވެ.
އެމްޑީޕީގެ ލީޑަޝިޕްގައި އެއްވެސް ބަޔަކަށް ރައްކާތެރިކަމެއް ނެތް. ފުލުހުންގެ ޤާނޫނުގެ އިޞްލާޙްތައް ޤާނޫނުއަސާސީއާ ފުށުއަރާ. ފުލުހުންނާ ޒާތީ ނަފްރަތު އޮވެ، ފުރުޞަތުގެ ބޭނުންކޮށް ފުލުހުން ނިކަމެތިކޮށް ލަދުގަންނަވާލަނީ!އިރާދަކުރެއްވިއްޔާ ފުލުހުންގެ ޙައްޤު އަޅުގަނޑުމެން ހޯދައިދޭނަން pic.twitter.com/RFW2htPVnC
— Mohamed Jameel Ahmed (@MJameelAhmed) December 7, 2020
އިސްލާހާއެކު ފުލުހުންގެ ހިދުމަތުގެ ބިލު ރޭ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މަޖިލީހުގެ 59 މެންބަރުންގެ އިއްތިފާޤުންނެވެ.




