މަސްވެރިކަމުގެ ސިނާއަތާއި ގުޅޭ ކެރިޔަރ ގައިޑެންސް ވެބިނާއެއް ބާއްވައިފި

ދިވެހިރާއްޖޭގެ 40 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ ފިޝަރީޒް އެންޑް މެރިންރިސޯސަސްގެ ފަރާތުން، މަސްވެރިކަމުގެ ސިނާއަތުގައި ހުރި ވަޒީފާގެ ދާއިރާތަކާއި ، ތަޢުލީމާއިތަމްރީނުގެ ފުރުޞަތުތަކާއިގުޅޭ ގޮތުން އޮންލައިންކޮށް ޒުވާނުންނަށް އަމާޒުކޮށްގެން "ލޯންޗް ޔުއަރ ކެރިޔަރ އެޓް ފިޝަރީޒް އެންޑް މެރިންރިސޯސަސް"ގެ ނަމުގައި ކެރިއަރ ގައިޑެންސް ވެބިނަރއެއް ބާއްވައިފިއެވެ.

7 ޑިސެމްބަރ 2020 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ފްރޮގްރާމްގައި މާލެ އަދި ހުޅުމާލޭ ސްކޫލްތަކުގައި މެރިން ސައިންސް ކިޔަވާ ދަރިވަރުންނަށް މިދާއިރާގައި ކުރަމުންދާ މަސައްކަތްތަކާއި އަދި ހުރި ފަހި ފުރުސަތުގެ މައުލޫމާތު ދިނުމަށް މަސްބަންދުކުރާ ކާރުހާނާއަކަށް ވަނީ ގެންގޮސްފައެވެ. މިގޮތުން ދަރިވަރުން ގެންދެވިފައިވަނީ އެންސިސް ފިޝަރީޒްގެ ފަރާތުން ހުޅުމާލޭގައި ތަރައްޤީކޮށް ހިންގަމުންދާ މަސްބަންދުކުރާ ކާރުހާނާއަށެވެ.

މި ވެބިނާގައި މިސިނާއަތުގައި ހުރި ވަޒިފާގެ ދާއިރާތަކާއި އަދި މަތީތަޢުލީމަށް ހުރި ފުރުޞަތުތަކުގެ މައުލޫމާތު މިވެބިނާގެ ބައިވެރިންނަށް މިސިނާއަތުގައި ހަރަކަތްތެރިވާ ކުންފުނިތަކުންނާއި އަދި ރާއްޖޭގައި މަތީތައުލީމް ފޮރުކޮށްދޭ ފަރާތްތައް މެދުވެރިކޮށް ވަނީ ފޯރުކޮށްދީފައިވާއިރު، މިވެބިނާގައި 40 ބައިވެރިން ބައިވެރިވެ މަޢުލޫމާތުވަނީ ހޯދާފައެވެ.

ބައިވެރިންނަށް މިދާއިރާއާއި ގުޅުންހުރި މައޫލޫމާތުދިނުމަށް ޕެނަލިސްޓުންގެ ގޮތުގައި މޯލްޑިވް އިންޑަސްޓްރިއަލް ފިޝަރީޒް ކޮޕްޕެނީ ލިމިޓެޑް، ބިގް ފިޝް ފިޝަރީޒް މޯލްޑިވްސް، އެންސިސް ފިޝަރީޒް މޯލްޑިވްސް މެނޭޖްމަންތްގެ ބޭފުޅުންނާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓްޓިއުޓް، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ ބޭފުޅުން ބައިވެރިވެ ބައިވެރިންގެ ސުވާލްތަކަށް ޖަވާބުދެއްވާފައިވެއެވެ.

މިފޮރްގްރާމްގެ ދަށުން މެރިންސައިންސް ކިޔަވާ ދަރިވަރުންނަށް އަމާޒްކޮށްގެން ކުރިއަށްގެންދިޔަ ފެކްޓަރީ ވިސިޓުގައި މާލެ އަދި ހުޅުމާލެއަށް ނިސްބަތްވާ 6 ސުކޫލަކުން މެރިންސައިސް ކިޔަވާ 27 ދަރިވަރުން އަދި 5 ޓީޗަރުން ބައިވެރިވެފައެވެ.

މި ބައްދަލުވުމުގައި އެންސިސް މަސް ބަންދުކުރާ ކާރުހާނާގައި މަސް ބަނދުކުރުމުގެ މަސައްކަތް ކުރަމުންދާގޮތް ބަލާލުމުގެ ފުރުޞަތު ދަރިވަރުންނާއި ޓީޗަރުންނަށް ފޯރުކޮށްދީފައި ވާއިރު، މިސިނާއަތުގައި އަދި އެންސިސް ކުންފުނީގައި ޒުވާނުންނަށް ހުރި ފުރުޞަތުގެ މައުލޫމާތު ކުންފުނީގެ މެނޭޖްމަންޓްގެ ފަރާތުން ދަރިވަރުނަން ވަނީ ދެއްވާފައެވެ. އަދި އެންސިސް ފިޝަރީޒްގައި މަސައްކަތްކުރަމުންދާ މަސައްކަތްތެރިންނަށް އެފެކްޓްރީގައި މަސައްކަތް ކުރުމުގައި ދީފައިވާ ލުއިތަކުގެ މަޢުލޫމާތު ދަރިވަރުންނާ ވަނީ ހިއްސާކޮށްފައެވެ.

މަސްވެރިކަމުގެ ސިނާއަތާއި ގުޅޭ ކެރިޔަރ ގައިޑެންސް ވެބިނާއެއް ބާއްވައިފި

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ