ހެންވޭރުގައި ހުންނަ އަމިއްލަ މިހެއްގެ އޮފީހެއް މިއަހަރުގެ ނޮވެމްބަރު 26 ވަނަ ދުވަހުގެ ރޭ ފަޅާލައި އެތަނުން އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނަގާފައިވާކަމަށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ވީޑިއޯ އާންމުކޮށް ަމީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ މިއީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަކަށް ހޯދަމުންދާ މީހެއްކަމަށެވެ.
އަމިއްލަ މީހެއްގެ އޮފީހެއް ފަޅާލައި އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށްނެގި މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ
ވީޑިއޯއިން ފެންނަ މީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއް ވާނަމަ 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން
https://t.co/yuaXYSiCb4 pic.twitter.com/EfcuifusjP
— Maldives Police (@PoliceMv) December 16, 2020
ވީޑިއޯއިން ފެންނަ މީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 471388 ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.
މީގެ އިތުރުން ފުލުހުންވަނީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.




