ކުޑަކުދިންގެ ބަގީޗާ ކުރިމަތީ ސައިކަލަކާއި ޖިޕެއް ޖެހި އެކްސިޑެންޓް ވެއްޖެ

މާލޭ އަމީނީމަގު ކުޑަކުދިންގެ ބަގީޗާ ކުރިމަތީގައި ސައިކަލަކާއި ޖިޕެއް ޖެހި މިރޭ އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 19:10 ހާއިރު ކަމަށާއި މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާކަމަށެވެ.

"އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު މިރޭ 19:10 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވޭ، މި އެކްސިޑެންޓުގައި މީހަކަށް އަނިޔާވެފައެއް ނުވޭ ނަމަވެސް އެކުސިޑެންޓުވި ދެ ވެހިކަލަށްވެސް ގެއްލުން ވެފައިވޭ" ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މި އެކްސިޑެންޓުގައި ހިމެނޭ ދެ ވެހިކަލްވެސް ދުއްވައިފައިވަނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އޮއްނަ ދެމީހުން ކަމަށެވެ.

މިމައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ