މުދަލަށް ގެއްލުންދިން މައްސަލައެއްގައި މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި

މުދަލަށް ގެއްލުންދިން މައްސަލައަކާއި ގުޅިގެން މީހަކު ހޯދުމަށްޓަކައި ފުލުހުން ވީޑިއޯ އާންމުކޮށްފިއެވެ.

ވީޑިއޯ އާންމުކޮށް ފުލުހުން ވިދާޅުވީ ވީޑިއޯއިން ފެންނަ މީހާއަކީ މުދަލަށް ގެއްލުން ދިނުމުގެ މައްސަލައަކާ ގުޅިގެން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއްކަމަށެވެ.

ފުލުހުންވަނީ ވީޑިއޯގައި ފެންނަ މީހާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓު ނަންބަރު 472303 ވިދާޅުވެ މަޢުލޫމާތު ހިއްޞާ ކުރެއްވުމަށް އެދިލައްވާފަ އެވެ.

"މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަން" ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ