ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑަށް ޑްރައިވަރަކު ހޯދަން އަލުން އިޢުލާންކޮށްފިއެވެ.
އެކުންފުނިން ގެޒެޓްކޮށްފައިވާ އިޢުލާނެއްގައި ބުނީ، އެކުންފުނިން ހުސްވެފައިވާ ޑްރައިވަރ ގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި 2020 ވަނަ އަހަރު ކުރެވުނު އިޢުލާން ބާޠިލް ކުރުމަށްފަހު އަލުން އެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާކަމަށެވެ.
އެގޮތުން އެމަޤާމަށް ބޭނުންވަނީ އެއް ފަރާތެއްކަމަށާއި، މަޤާމުގެ މުސާރައިގެ ގޮތުގައި -/4380 ރުފިޔާ ދޭއިރު، އިތުރު ގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތްކޮށްފިނަމަ ވަޒީފާއާއިބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި ބަންދު ދުވަހުގެ އެލަވަންސްގެ އިތުރުން ކުންފުނީގެ ޕޮލިސީތަކާއި އެއްގޮތަށް އެހެނިހެން އިނާޔަތްތައް ލިބޭނެކަމަށްވެސް ބުނެފައިވެއެވެ.
އަދި މިމަޤާމުގެ ޝަރުތުތަކުގެ ގޮތުގައި އެކުންފުނިން ބުނެފައިވަނީ:
- ފޯކްލިފްޓާއި ކްރޭންފަދަ އުޅަނދުތައްދުއްވުމުގެ ލައިސަންސް އޮތުމާއިއެކު މިފަދަ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 04 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއިއެކު މިތަނުން ދޭ ވެހިކަލް އޮޕަރޭޓްކުރުމުގެ ޓެސްޓަކުން ފާސްވުން.
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކުކަމުގައިވުން.
މިމަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ޖެނުއަރީ 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން ކުޅުދުއްފުށީ ޕޯޓް ލިމިޓެޑަށް ހުށަހެޅުމަށްވެސް މިއިޢުލާނުގައި އެދިފައިވެއެވެ. އަދި [email protected] އީމެއިލް މެދުވެރިކޮށް މިމަޤާމަށް ހުށަހެޅޭނެކަމަށްވެސް ބުނެފައިވެއެވެ.
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތީގެ ގޮތުގައި ހިމެނެނީ މަޤާމަށްއެދި ހުށަހަޅާ ފޯމާއި، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ކޮޕީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީގެ އިތުރުން ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރެވެ.