ފޮޓޯ؛ ފުލުހުން

ވަގަށް ނަގާފައިވާ އަގުބޮޑު ތަކެއްޗާއެކު އައްޑޫސިޓީ ހިތަދޫން މީހަކު ހައްޔަރުކޮށްފި

ވައްކަމާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫ ސިޓީ ހިތަދޫގައި މަސައްކަތްކުރާ ފުލުހުންނާއި، ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ހިތަދޫގެ އެކި ގޭގެއިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތި ހޯދައި އެމައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

އެ އޮޕަރޭޝަނުގެ ތެރެއިން، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ތިން ލެޕްޓޮޕާއި ތިން މޯބައިލް ފޯނާ އަދި އައިޕެޑެއް ހޯދާފައިވާކަމަށާއި މިތަކެތި ހޯދާފައިވަނީ އެކި މީހުންނަށް ވިއްކާފައިވަނިކޮށްކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ޖަނަވަރީ މަހުގެ 13 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން މިހާރު ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ