އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފިއެވެ.
މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާ ތަކެތި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:
* ޖަނަވަރީ 17 ވަނަ ދުވަހު ކަސްޓަމް ކައިރިން ބެންކު އޮފް މޯލްޑިވްސް އޭޓީއެމް ތެރެއިން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 800 ރުފިޔާ. އިންސިޑެންޓް ނަންބަރު 476268
* ޖަނަވަރީ 17 ވަނަ ދުވަހު ސައްޔިދުކިލެގެފާނު މަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ހެޑްސެޓެއް. އިންސިޑެންޓް ނަންބަރު 476218
* ޖަނަވަރީ 17 ވަނަ ދުވަހުފަޅުމަތީ މަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ މީހެއްގެ އަތުން ފެނިފައިވާ ރަތްކުލައިގެ ފަސް ލެޑްލައިޓާއި، ޑީ ލިންކު ރައުޓަރެއް. އިންސިޑެންޓް ނަންބަރު 476206
* ޖަނަވަރީ 17 ވަނަ ދުވަހު ދަތުރުވެރިންގެ މާރުކޭޓު ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ މަކީޓާ ބްރޭންޑުގެ ކަރަންޓު ކީހެއް. އިންސިޑެންޓް ނަންބަރު 476246
* ޖަނަވަރީ 18 ވަނަ ދުވަހު އެމްއެމް ކައިރިން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 55 ރުފިޔާ. އިންސިޑެންޓް ނަންބަރު 476370
ވީމާ މި ތަކެތީގެ ވެރިފަރާތްތަކުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓު ނަންބަރު ވިދާޅުވެ އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުން އެދިލައްވައެވެ.



