އިންޑިއާއިން ހަދިޔާ ކުރި ވެކްސިން ބައިލައްކަ މީހުންނަށް ދެވޭނެ

އަވަށްޓެރި އިންޑިއާއިން ދިވެހިރާއްޖެއަށް މިއަދު ހަދިޔާ ކުރި ކޮވިޑް-19ގެ ވެކްސިން އިން ބައިލައްކަ މީހުންނަށ ވެކްސިން ދެވޭނެ ކަމުގައި ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީ ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް މިއަދު ހަދިޔާ ކޮށްފައިވާ 100،000 ޑޯޒް ކޮވިޑް ވެކްސިން އިން50،000 މީހުންނަށް ވެކްސިން ދެވޭނެކަމަށެވެ. އެއީ ކޮންމެ މީހަކަށް ދެ ޑޯޒްގެ މަގުންކަމުގައި ނަޒްލާ ވަނީ ވިދާޅުވެފައެވެ.

އިންޑިއާ އިން ރާއްޖެއަށް މިއަދު ހަދިޔާ ކޮށްފައި ވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީގެ ސައިންސްވެރިންނާއި ސިންގަޕޫރުގެ އެކްސްޓްރާޒެނަކާއިން ތައްޔާރުކޮށްފައިވާ (ކޮވިޝީލްޑް) ވެކްސިންގެ 100،000 ޑޯޒްއެވެ. ވެކްސިން ރާއްޖެ ގެނެސްފައިވަނީ މިއަދު 14:40 ހާއިރުއެވެ.

މީގެ އިތުރުން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކޮވިޑް ވެކްސިން ހޯދުމަށް އެސްޓްރާޒެނެކާ އާއެކު އެއްބަސްވުމެއް އެކުލަވާލާއި، އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން އެ ވެކްސިންގެ ހަތް ލައްކަ ޑޯޒް ހޯދޭނެކަމަށްވެސް ޑރ. ނަޒްލާ ރަފީގު މިއދު ވަނީ ވިދާޅުވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހާރު ވަނީ ކޮވިޑް ވެކްސިން ޕްރޮގްރާމް ފެށުމަށް ވެކްސިނަށް މީހުން ރަޖިސްޓްރީކުރަން ހުޅުވާލައިފަ އެވެ. ނަމަވެސް ވެކްސިން ޖަހަން ފަށާނެ ވަކި ތާރީހެއް އެޗްޕީއޭ އިން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް މިއަދު ރާއްޖެ ގެނެސްފައިވާއިރު، ރާއްޖެއަށް ބޭނުންވާ ވަރަށް ކޮވިޑް ވެކްސިން ލިބޭނެކަމުގެ ޔަޤީންކަން ލިބިފައިވާކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ