މާލެއަތޮޅު ހިންމަފުށީ ކައިރީ އޮތް ފިނޮޅެއް އެސަރަޙައްދުގައި އޮންނަ ގިލިލަންކަންފުށި ރިސޯޓުން ހަލާކޮށްލަން އުޅުނުކަމަށް ތުހުމަތުކުރާ މައްސަލަ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އާއި ފުލުހުން ބަލަންފަށައިފިއެވެ.
ހިންމަފުށީ ކައިރީގައި އޮންނަ ވެލިގަނޑެއްގެ މެދުން ކޯރު ކަނޑަމުންދާ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވަނީ ރޭ 20:30 ހާއިރުއެވެ. އަދި ހިންމަފުށި ކައުންސިލުން ފުލުހުންނަށް މައްސަލަ ހުށަހެޅުމާއެކު ފުލުހުން އެސަރަހައްދަށް ގޮސް އެކަން ހުއްޓުވާފައިވެއެވެ.
ގިލިލަންކަންފުށިން އެތަނުގައި ކޯރި ކެނޑި ސަބަބެއް އަދި މިހާތަނަށް އެނގިފައިނުވާއިރު، ގިނަ ބަޔަކު ތުޙުމަތު ކުރަނީ އެއީ ފިނޮޅަށް ގެއްލުން ދިނުމުގެ ގޮތުން ކުރި ކަމެއްކަމަށެވެ.
*Correction: ...sandbank located to the southwest of Himmafushi. https://t.co/v0vkRD302s
— EPA Maldives (@EPAMaldives) January 22, 2021
ފިނޮޅުގެ އެއްކޮޅުން އަނެއްކޮޅަށްވާގޮތަށް ކޯރު ކަނޑާފައިވުމުގެ ސަބަބުން ފިނޮޅު ވަރަށް ބޮޑަށް ހަލާކުވެފައިވާކަމަށްވެސް ރިޕޯރޓްކޮށްފައިވެއެވެ.
ފިނޮޅު ފަދަ އެއްވެސް މާހައުލަކަށް ބަދަލެއް ގެނެވޭނީ އެކަމާ ގުޅޭ އެންވާރަަމަންޓަލް އެސެސްމަންޓްގެ އިންސްޕްކެޝަންތައް ހަދައި އެންވަޔަރަަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން އެކަމަށް ހުއްދަ ދިނުމުންކަމަށްވާއިރު، ހުއްދަ ނެތި އެފަދަ ކަމެއް ކޮށްފިނަމަ ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އީޕީއޭ އަށް ލިބިގެންވެއެވެ.




