އެމެރިކާ އަދި އެސްޓޯނިއާގެ އާ ޚާރިޖީ ވަޒީރުންނަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު މަރުޙަބާ ވިދާޅުވެއްޖެއެވެ.
އެދެބޭފުޅުންނަށް މިނިސްޓަރ ޝާހިދު މަރުޙަބާ ވިދާޅުވެފައިވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު ކަމަށް އެންތަނީ ބްލިންކެން އަދި އެސްޓޯނިއާގެ ޚާރިޖީ ވަޒީރުކަމަށް އީވާ-މާރިއާ ލީމެޓްސް އައްޔަންކުރުމާ ގުޅިގެންނެވެ.
މިނިސްޓަރ ޝާހިދު ވަނީ ދެބޭފުޅުންނަށް މަރުޙަބާ ވިދާޅުވެ، އެ ބޭފުޅުންގެ ވަޒީރުކަމުގައި އެޤައުމުތަކާ ދިވެހިރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.
3 ޤައުމެއްގެ ޚާރިޖީ ވަޒީރުންނާއި، 5 ޤައުމަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ނިމިދިޔަ ހަފްތާގައި ވަނީ ބައްދަލުކުރައްވާފައެވެ.