އިމާމްކަމުގެ ޑިގްރީ ކޯހަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލައިފި

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އިމާމްކަމުގެ ޑިގްރީ ކޯހަށް ކުރިމަތި ލުމުގެ ފުރުޞަތު އެ މަރުކަޒުން ހުޅުވާލައިފިއެވެ.

ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވެފައި ވަނީ އެ މަރުކަޒު ގައި 2021 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ފެށުމަށް ހަމެހިފައިވާ ކޯސްތަކުގެ ތެރޭގައި އިމާމްކަމުގެ ޑިގްރީ ކޯސް ފެށުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ކޯހަށް ކުރިމަތި ލުމަށް ކުރިމަތިލާ ފަރާތްތަކުން ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ގުޅޭ ދާއިރާއަކުން އެމް.އެން.ކިޔު.އެފް ލެވެލް 4 ގެ ކޯހެއް ފުރިހަމަ ކޮށްފައިވާންޖެހޭނެކަމަށާއި އަދި އެ މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވާންޖެހޭނެކަމަށެވެ.

އިމާމްކަމުގެ ޑިގްރީ ކޯސް ކުރިޔަށް ދާނީ 6 ސެމިސްޓަރއަށް 3 އަހަރުގެ މުއްދަތަށެވެ. އެމަރުކަޒުން ހުޅުވާލައިފައިވާ މި ފުރުޞަތުގައި 30 ފަރާތަކަށް ޖާގަ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ، މިކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު އެ މަރުކަޒުގެ ވެބްސައިޓުން (www.nchq.gov.mv) 2021 ޖެނުއަރީ 28 ވާ ބުރާސްފަތި ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށާއި އަދި މި ކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު އެ މަރުކަޒުގެ ރިސެޕްޝަނުންވެސް ލިބެން ހުންނާނެކަމަށެވެ.

ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 11 ފެބްރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީއާއެކު [email protected]  އަށް މެއިލް ކުރެއްވުމަށް އެ މަރުކަޒުން ވަނީ ދަންނަވާފައެވެ.

މެއިލް ކުރައްވާއިރު މެއިލްގެ ސަބްޖެކްޓްގެ ގޮތުގައި "Semester 1, 2021”  ޖެއްސެވުމަށްވެސް އެމަރުކަޒުން ދަންނަވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ