ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކޮވިޑް-19 ވެކްސިން ދޭން ފަށަނީ!

ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި މާދަމާ ކޮވިޝީލްޑް ވެކްސިން ދޭން ފެށުމަށް ނިންމައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ އޮފިޝަލަކާއި ހަވާލާދީ އޮންލައިން ނޫސް "ވަގުތު" ރިޕޯޓްކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ދިހަ ދުވަހުގެ ތެރޭގައި ސިއްހީ އަދި އަދި ސޯޝަލް ވޯކަރުންނަށް ވެކްސިން ދިނުމަކީ އަމާޒެއް ކަމަށާއި އަދި އެއް ދުވަސް ފަހުން ހެލްތު ސެންޓަރުތަކުގައި ވެސް ކޮވިޑް-19 ވެކްސިން ދޭން ފަށާނެ ކަމަށެވެ.

މިވަގުތު، ވެކްސިން ދެނީ މާލޭގައި އާއި އައްޑޫ އާއި ހދ. ކުޅުދުއްފުށީގައެވެ. އެހެންނަމަވެސް ކޮވިޑް-19 ގެ އަދަދުތައް އިތުރުވާ ނަމަ، ވެކްސިން ދިނުމުގައި ލަސްތަކެއް ދިމާވެދާނެ ކަމަށާއި، ހާއްސަކޮށް، އެޑްމިޓް ކުރާ މީހުންގެ އަދަދު ކުރިއަށް ވުރެ ބޮޑަށް އިތުރުވަމުންދާ ނަމަ، ވެކްސިނަށް ބުރޫ އަރާނެ ކަންވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

"ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ ކޮވިޑް ފެސިލިޓީތަކުގައި ވަރަށް ބުރަކޮށް ޑޮކްޓަރުންނާއި ނަރުހުން އެ އުޅެނީ. ވެކްސިން ޖަހަން ތިބި ބަޔަކީ ވެސް ނަރުހުންނާއި ޑޮކްޓަރުން. އެހެންވެ، ވެކްސިން ދީ ނިންމަން ލަސްވުން އެކަށީގެންވޭ،" އޮފިޝަލް "ވަގުތު" އަށް ވިދާޅުވިއެވެ.

ރާއްޖޭގައި ދިނުމަށް ހަމަޖެހިފައި ވަނީ އިންޑިއާ އިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިނެއް ކަމަށްވާ "ކޮވިޝީލްޑް"އެވެ. މިއީ އިންޑިއާގެ މަޝްހޫރު ވެކްސިން އުފައްދާ ކުންފުނި، ސިރަމް އިންސްޓިޓިއުޓް އިން އުފައްދާފައިވާ ވެކްސިނެކެވެ. މި ވެކްސިނަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ ހުއްދަ ދީފައެވެ. އަދި ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ކޮވިޝީލްޑް ވެކްސިން ޖަހަން ފަށާފައިވާ އިރު، އިންޑިއާ އިން ރާއްޖެ އަށް ވެކްސިންގެ 100،000 ޑޯޒް ދީފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ