ކުޅުދުއްފުށި ހޮސްޕިޓަލުގެ މުވައްޒަފުން ހޭލުންތެރިކުރުމަށް މައުލޫމާތު ދީފި

އާންމު ރައްޔިތުން ހޭލުންތެރިކުރުމާއި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފުން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

މިދިޔަ ޖަނވަރީ މަހުގެ 30 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިވުމަށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން، ޑޮލަރު ހޯދައިދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ކޭޝްކާޑުގެ މައުލޫމާތު ހޯދައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކާއި މަކަރާއި ހީލަތުން ރީލޯޑް އަދި ރާސްޓަސް ހޯދާ މައްސަލަތަކާ އަދި އެފަދަ ކަންކަމުން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެފަދަ ކަމެއް ދިމާވެއްޖެނަމަ އަމަލުކުރާނެގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، އާންމުކޮށް ދިމާވާ ކުށްތަކާއި އެކަންކަމުން ސަލާމަތްވެ ރައްކާތެރިވެ ތިބުމަށް މައުލޫމާތު ދީފައިވެއެވެ.

މިދުވަސްވަރަކީ ގިނަ ފަރާތްތަކުން ފައިސާ ގެންގުޅުމުގެ ބަދަލުގައި އޮންލައިން ޓްރާންސްފަރ ކުރުމާއި ގިނަ ވިޔަފާރިތަކުންވެސް ފައިސާ ޓްރާންސްފަރ ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާ ދުވަސްވަރެކެވެ. އެހެންކަމުން ތަކެތި ގަތުމަށްފަހު ފައިސާ ޓްރާންސްފަރ ކުރި ސްލިޕް ކަސްޓަމަރުން ފޮނުވިނަމަވެސް އެކައުންޓަށް ފައިސާ ޖަމާވިތޯ ވިޔަފާރިތަކުންވެސް ޔަގީންކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން އެބަޖެހެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ