ވެކްސިން ޖެހި، އެކަމަކު ޕޮޒިޓިވް، އެއީ ކީއްވެ؟

"ވެކްސިން ޖެހި މީހަކު ޕޮޒިޓިވް ވެއްޖެ" – މިއީ ވަރަށް މިހާރަކަށް އައިސް ވަރަށް ގިނައިން ފެންނަމުންދާ ސުރުޙީއެކެވެ. ބައެއް ނޫސްތަކުން މި ސުރުޙީ ފެނުމާއެކު، ބައެއް ފަރާތްތަކުގެ ވާހަކަ ކުރިއަށް ގެންދެއެވެ. – "ތިއީ ދެން އެއްވެސް ފައިދާއެއް ވާ އެއްޗެއް ނޫންތާއޭ" މިފަދަ ގޮތަކަށެވެ. ވެކްސިންއާ ދެކޮޅު މީހުންވެސް މި ސުރުޙީތަކުން ހުންނަ ލިޔުންތަކާއެކު އެމީހުންގެ އެޖެންޑާ ކުރިއަށް ގެންދިއުމުގެ ހަރަކާތްތައް ހަލުވިކޮށްލައެވެ.

އެހެންނަމަވެސް، ހަގީގަތް ހޯދުމަކީ ގިނަ މީހުން މާ ކުރާހިތްވާ ކަމެއް ނޫނެވެ. ބޭނުންވާގޮތް ނޫން އެހެން ގޮތެއް ޤަބޫލު ކުރުމަކީ އަދި މާ ނުރުހޭ ކަމެކެވެ.

ސިއްހީ ތަޖުރިބާކާރުން ވަނީ ވެކްސިން ޖަހާފައިހުރިކަމުގައިވިޔަސް، އެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެދާނެ ބައެއް ހާލަތްތައް ބަޔާންކޮށްދީފައެވެ. އެގޮތުން، އެމެރިކާގެ ސެންޓަރސް ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނާގޮތުގައި މީހެއްގެ ގަޔަށް ވެކްސިން ޖެހުމަށްފަހު، އެވެކްސިން އިން ހަށިގަނޑުގައި އިމިއުނިޓީ ބިލްޑް ކުރުމަށްޓަކައި ވަގުތުކޮޅެއް ނަގާނެއެވެ.

ވެކްސިން އުފައްދާ "މޮޑާނާ" ކުންފުނީގެ ސީއީއޯ ސްޓެފަނީ ބެންސެލް މިކަމާ ގުޅިގެން ބުނެފައިވަނީ ދެ ޑޯޒް ހިމެނޭ ވެކްސިން އެއްކަމުގައިވާނަމަ، އެއް ޑޯޒް ޖެހުމުން ބަލިން ރައްކާތެރިވުމަށްޓަކައި ލިބެނީ ވަކި މިންވަރެއްގެ ސަލާމަތެވެ. އެގޮތުން ފައިޒާގެ ވެކްސިނަށް ބަލާއިރު، އެއް ޑޯޒް ޖަހާފައިވާކަމުގައިވާނަމަ، އޭގެ 14 ދުވަސް ފަހުން ބަލާއިރު ހަށިގަނޑުގައި ބަލިން ރައްކާތެރިވުމުގެ އެފިކަސީ ހުންނަނީ 14 އިންސައްތައިގައެވެ.

ކަމުގެ ތަޖުރިބާކާރުން ބުނާގޮތުގައި މީގެ އަނެއް ސަބަބަކީ ވެކްސިން ޖަހާއިރުވެސް ބަލި ޖެހިފައި ހުރެ، އެކަން ދެނެގަނެވިފައި ނުވުމުންނެވެ. މިގޮތަށް ވެއްޖެނަމަ، ވެކްސިން ޖަހާތާ ދެ ތިން ދުވަހެއްގެ ތެރޭގައިވެސް މީހަކު ޕޮޒިޓިވްކަމަށް ދައްކަފާނެއެވެ. އޭގެ މާނައަކީ ވެކްސިން އިން ރައްކާތެރިކަން ނުލިބޭކަމެއް ނޫނެވެ.

ހަމައެހެންމެ، ކޮވިޑާ ދެކޮޅަށް ތައްޔާރުކުރި ވެކްސިންތަކަކީވެސް 100 އިންސައްތަ އެފިކަސީ އެއް ނުވަތަ ވެކްސިން ޖަހާ ހަމަ ހުރިހާ އެންމެ ރައްކާތެރިކޮށްދިނުމުގެ ޔަޤީންކަން ލިބިފައިވާ ވެކްސިންތަކެއް ނޫނެވެ. ފައިޒާގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފިނަމަ އެފިކަސީ އަކީ 95 އިންސައްތަ (މާނައަކީ ވެކްސިން ޖެހި 95 އިންސައްތަ މީހުން ބަލިން ރައްކާތެރިވާނެކަން) އެވެ. މޮޑާނާ ވެކްސިންގެ އެފިކަސީ އަކީ 94 އިންސައްތައެވެ.

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ