މިއަދު ކޮވިޑް-19 ވެކްސިން 742 މީހުންނަށް ދީފައިވާ ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ފަށައިފައިވާ ވެކްސިން ދިނުމުގެ ޕްރޮގުރާމުގެ އެންމެފަހުގެ މައުލޫމާތު ހާމަކުރަމުން އެޗްޕީއޭ އިން ވިދާޅުވީ މިއަދު 742 މީހުންނަށް ކޮވިޑް ވެކްސިން ދީފައިވާއިރު ތިންދުވަހުގެ ތެރޭ ވެކްސިން ދިން މީހުންގެ ޖުމްލަ އަދަދު 1،578 އަރާ ކަމަށެވެ.
މިއަދު މާލޭ އޭރިއާގައި 643 މީހުންނަށް ވެކްސިން ދީފައިވާއިރު އައްޑޫ ސިޓީ އަދި ކުޅުދުއްފުށީ ސިޓީގައި 99 މީހަކަށްވަނީ ވެކްސިން ދީފައެވެ.
*️⃣ COVID-19 : Vaccination updates pic.twitter.com/5LVD2ijqU6
— Health Protection Agency (@HPA_MV) February 3, 2021
ރާއްޖޭގައި ދޭން ފަށާފައިވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީއާއި ސިންގަޕޫރުގެ އެކްސްޓްރާ ޒެނެކާއިން ތައްޔާރުކޮށްފައިވާ ވެކްސިން ފޯރމިއުލާ ބޭނުން ކޮށްގެން އިންޑިއާގެ ސެރަމް އިންސްޓިޓުއުޓްގައި ތައްޔާރުކޮށްފައިވާ "ކޮވިޝީލްޑް" ވެކްސިނެވެ.
ފުރަތަމަ ވެކްސިން ޖަހަނީ ކުރީ ސަފުގައި މަސައްކަތްކުރާ ޞިއްޙީ ޚިދުމަތްތެރިންނަށް އިސްކަން ދީގެންނެވެ.