ގްރޫޕް މާރާމާރީއެއްގައި މިދިޔަ އަހަރު މީހެއްގެ ފުރާނަ ގެއްލިފައިނުވަނީ ފިޔަވަޅުތައް ހަރުދަނާވުމުން - އިމްރާން

2020 ވަނަ އަހަރު، ގްރޫޕް މާރާމާރީއެއްގައި އެއްވެސް މީހެއްގެ ފުރާނަ ގެއްލިފައިނުވާކަމަށާއި، މިކަމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާތައްކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް، އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

"ގްރޫޕް މާރާމާރީއެއްގައި، މިދިޔަ އަހަރު އެއްވެސް މުވާތިނެއްގެ ފުރާނަ ގެއްލިފައިނުވުމަކީ، (ﷲ ގެ ރަހުމަތަށްފަހު) ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާއެއް. އަލްޙަމްދުލިﷲ" އިމްރާން ވިދާޅުވިއެވެ.

މިދިޔަ އަހަރު، ގްރޫޕް މާރާމާރީއެއްގައި އެއްވެސް މީހެއްގެ ފުރާނަ ގެއްލިފައިނުވިކަމުގައިވިޔަސް، މިދިޔަ އަހަރުގެ ތެރޭގައި އެކި ދުވަސްމަތިން މާރާމާރީ ހިނގާފައިވެއެވެ. އެގޮތުން ވެރިކަން ކުރާ މާލެ ނޫން އެހެން ރަށްރަށުގައިވެސް މާރާމާރީތައް ހިނގާފައިވެއެވެ.

ހަމައެހެންމެ، މި ހަފްތާގެ ތެރޭގައިވެސް މާލޭގައި ގިނަ މާރާމާރީތަކެއް ހިނގާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ