މިއަދު ކޮވިޑް ވެކްސިން ޖެހި މީހުންގެ އަދަދަކީ 3،306

މިއަދު 3،306 މީހުން ކޮވިޑް ވެކްސިން ޖަހައިފައިވާކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގުރާމް ކުރިއަށްދާގޮތް ހާމަކުރަމުން މިރޭ ވިދާޅުވީ މިއަދު މާލޭ އޭރިއާއިން 2،792 މީހުންނަށް އަދި އަތޮޅުތެރޭ ރައްތަކުން 514 މީހުންނަށް ކޮވިޑް ވެކްސިން ޖަހައިފައިވާ ކަމަށެވެ.

މިހާތަނަށް މުޅި ޖުމްލަ 16،251 މީހަކަށް ކޮވިޑް ވެކްސިން ދީފައިވާއިރު މީގެތެރެއިން 13،418 މީހުންނަކީ މާލޭ އޭރިއާއިން މި ވެކްސިން ދީފައިވާ މީހުންނެވެ. އަތޮޅުތެރޭ ރައްތަކުން ކޮވިޑް ވެކްސިން ދިން މީހުންގެ އަދަދަކީ 2،833 އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. ވެކްސިން ދިނުމުގެ މަސައްކަތް ގްރޭޓަރ މާލޭ ސަރަޙައްދުގެ 7 ސެންޓަރަކާއި، އަތޮޅުތަކުގެ 21 ސެންޓަރެއްގައި ވަނީ ފަށާފައެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވަނީ ވެކްސިން ޕްރޮގްރާމަށް އާއްމުންގެ ފަރާތުން ވަރަށް ފުރިހަމަ ތަރުޙީބެއް ލިބެމުންދާކަން ފާހަގަކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ