މަޖިލިސް އިދާރާއިގައި އާންމުންނަށް ވެކްސިން ދެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
މަޖިލީހުން ވިދާޅުވީ، އެޗްޕީއޭ އާއި އޭޑީކޭ ހޮސްޕިޓަލް ގުޅިގެން އާމުންނަށް އެ އިދާރާގައި ވެކްސިން ދިނުމުގެ އެންމެހާ ކަންކަން ހަމަޖައްސައި ވެކްސިން ދޭން ފަށާފައިވާ ކަމަށެވެ.
އެެގޮތުން އެ އިދާރާގައި ވެކްސިން ޖެހުން ކުރިޔަށް ދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްހެ ހެނދުނު 8:00 އިން 6:00 އަށެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. ވެކްސިން ދިނުމުގެ މަސައްކަތް ގްރޭޓަރ މާލޭ ސަރަޙައްދުގެ 7 ސެންޓަރަކާއި، އަތޮޅުތަކުގެ 21 ސެންޓަރެއްގައި ވަނީ ފަށާފައެވެ.
މިހާތަނަށް މުޅި ޖުމްލަ 16،251 މީހަކަށް ކޮވިޑް ވެކްސިން ދީފައިވާއިރު މީގެތެރެއިން 13،418 މީހުންނަކީ މާލޭ އޭރިއާއިން މި ވެކްސިން ދީފައިވާ މީހުންނެވެ. އަތޮޅުތެރޭ ރައްތަކުން ކޮވިޑް ވެކްސިން ދިން މީހުންގެ އަދަދަކީ 2،833 އެވެ.