ޕީއެންސީގެ ރައީސް އަބްދުއްރަހީމް

އަދުރޭ ހައްޔަރު ކޮށްފި

އިދިކޮޅު ކޯލިޝަން ހިންގެވުމާއި ވަގުތީގޮތުން ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އަދުރޭ ހައްޔަރު ކޮށްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ނަމަވެސް އަދުރޭ ހައްޔަރުކޮށްފައި ވަނީ ކޮން ސަބަބަކާއި ހެދި ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.

ޕްރޮގްރެސިވް ކޯލިޝަނުގެ ސްޕޯކްޕާސަން ހީނާ ވަލީދު ވިދާޅުވީ، އަދުރޭ ހައްޔަރުކޮށްފައި ވަނީ ގެއަށް ވަޑައިގަތުމަށް، ޕާޓީ އޮފީސް ދޮރުމައްޗަށް ނުކުތް ތަނާ ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް އަދުރޭ ގެންގޮސްފައިވަނީ އަދުރޭގެ ލީޑަޝިޕްގެ ދަށުން، އެޗްޕީއޭގެ ގަވައިދާ ހިލާފަށް ގެންދިޔަ އެއްވުމެއް ރޫޅާލުމުގެ ބޭނުމުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި މިހާރު އަދުރޭ ދޫކޮށްލާފައިވާއިރު، އަދުރޭ ދޫކޮށްލީ އޭނާގެ ކިބައިން ބައެއް މައުލޫމާތު ސާފުކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ