ތައްޔާރުވެއްޖެނަމަ މިހަފްތާ ބުދަ ދުވަހު ރައީސްގެ ނޫސްކޮންފަރެންސެއް

ތައްޔާރުވެއްޖެނަމަ މިހަފްތާގެ ބުދަ ދުވަހު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންނާއި ބައްދަލު ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވެފައިވަނީ އެމްޑީޕީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށް ކެމްޕެއިން ކުރުމަށްޓަކައި ރަށްވެހި ފަތިސް ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމްތަކާއިއެކު ބޭއްވި ބައްދަލުވުން ނިންމަވާ ނިކުއްނެވި ވަގުތު ނޫސްވެރިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ސޯލިހް ނޫސްވެރިންނާއި ބައްދަލު ނުކުރައްވާތާ ގިނަ ދުވަސްތަކެއް ފާއިތުވެގެން ގޮސްފައިވާ މައްސަލައިގައި ނޫސްވެރިން ފާޅުކުރެއްވި ކަނބޮޑުވުމަށް ޖަވާބުދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ، މިހަފްތާގެ ތެރޭގައި އިރާދަފުޅު ކުރެއްވިއްޔާ ބުދަ ދުވަހު ބައްދަލު ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު މި ވިސްނަނީ ބުދަ ދުވަހު ބައްދަލުކުރެއްވުމަށް، ތައްޔާރުވެއްޖެޔާ އިރާދަކުރެއްވިއްޔާ ބައްދަލުކުރާނަން" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް އެންމެފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައިވަނީ މިދިޔަ އަހަރުގެ ޖޫންމަހުގެ 23 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ