އަށް އަހަރުގެ ކުއްޖާއާ ބެހުނު މީހާގެ ބަންދަށް 15 ދުވަސް

އއ. އަތޮޅުގެ ރަށެއްގައި އުމުރުން އަށް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތަށް މިއަދު ހައްޔަރުކުރި 58 އަހަރުގެ ފިރިހެން މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރަން ކޯޓުން 15 ދުވަސް ކަނޑައަޅައިފި އެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާ އަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލާ ކަމަކަށް ވާތީ، އަނިޔާ ލިބޭ ކުދިންގެ މައުލޫމާތު ފުލުހުން އާންމެއް ނުކުރެ އެވެ. އެހެންވެ މި ކުއްޖާ ވެސް ނިސްބަތްވާ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެ އެވެ. އެހެންވެ، އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ބަންދުގެ މުއްދަތު ދިނީ ކޮން ކޯޓަކުން ކަމެއް ފުލުހުން ނުބުނެ އެވެ.

ފުލުހުން މިއަދު ކުރިން ވިދާޅުވީ، “25 މެއި 2019 ވަނަ ދުވަހު 10:00 ހާއިރު މެދުރާއްޖެ ތެރެއިން ރަށެއްގައި 8 އަހަރުގެ ކުޑަކުއްޖަކާއިމެދު ޖިންސީ ގޯނާކުރި މައްސަލައިގައި 58 އަހަރުގެ ފިރެހެނެއް ކޯޓު އަމުރެއްގެ ދަށުން މިއަދުވަނީ ހައްޔަރު ކުރެވިފައި” ވާ ކަމަށެވެ.

ފުލުހުން މިމައްސަލައިގައި މީހަކު ހައްޔަރު ކޮށްފައި މިވަނީ، މިމައްސަލަ ފުލުހުންނަށް ހުށަހެޅިތާ ދެ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

ޖެންޑާ މިނިސްޓްރީ އިން އިއްޔެ ބުނީ އއ. އަތޮޅުގެ ރަށަކުން ޖިންސީ ގޯނާގެ މައްސަލައެއް އެ މިނިސްޓްރީ އަށް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް