ކޮވިޑު ފެތުރުން ކޮންޓުރޯލް ކުރުމަށް ރާއްޖޭގައި ފަށައިފައިވާ ކޮވިޑް-19 ވެކްސިން ކެމްޕެއިންގެ ތެރެއިން މިއަދު ވެކްސިން ދީފައިވަނީ 1،807 މީހުންނަށްކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 ވެކްސިން ކެމްޕެއިންގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރަމުން އެޗްޕީއޭ އިން ވިދާޅުވީ، މާލޭ އޭރިއާއިން 656 މީހުންނަށާއި އަދި އަތޮޅުތެރޭ ރައްތަކުން 1،151 މީހުންނަށް މިއަކު ވެކްސިން ދީފައިވާކަމަށެވެ.
މިހާތަނަށް މުޅި ޖުމްލަ މާލޭ އޭރިއާއިން 130،376 މީހުންނަށް ވެކްސިން ދީފައިވާއިރު އަތޮޅުތެރޭ ރައްތަކުން މުޅި ޖުމްލަ ވެކްސިން ދިންމީހުންގެ އަދަދަކީ 105،306 އެވެ.
*️⃣ COVID-19 : Vaccination updates pic.twitter.com/fBmLoxiDay
— Health Protection Agency (@HPA_MV) March 30, 2021
ރާއްޖޭގައި ކޮވިޑް-19 ވެކްސިން ކެމްޕެއިން ފަށައިފައިވަނީ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ. މި ކެމްޕެއިންގެ ދަށުން މުޅި ޖުމްލަ މިހާތަނަށް 235،682 މީހުންނަށް ވެކްސިންވަނީ ދީފައެވެ.




