ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް

ރައްޔިތުންގެ މަޖިލީސް އުވާލުމަށް ސްޕްރީމް ކޯޓަށް ހުށަހަޅަނީ

19 ވަނަ ރައްޔިތުންގެ މަޖިލީސް އުވާލުމަށް ސްޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލިސް އުވާލަން ނިންމަވާފައިވަނީ، ސޯޝަލް މީޑިއާ އެކްޓިވިސްޓު މޫސާ އަންވަރުއެވެ.

މޫސާ އަންވަރު މިރޭ ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ރާއްޖޭގެ ގާނޫނު އަސާސީއާ އިސްލާމްދީނުގެ ދިފާއުގައި 19 ވަނަ ރައްޔިތުންގެ މަޖިލިސް އުވާލައި އަވަސް އިންތިޚާބެއް ބޭއްވުމަށް އަމުރު ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

އެކަމަށް ތާއީދު ނުކުރާނީ އެމްޑީޕީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ތާއިދު ކުރާ މެންބަރުން އެކަނި ކަމަށާއި، އެހެން ހުރިހާ ސިޔާސީ ޕާޓީއަކުން އެކަމަށް ތާއީދު ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް މޫސާ އަންވަރުގެ ޓްވީޓުގައި ބުނެފައިވެއެވެ.

ރައްޔިތުން މަޖިލިސް އުވާލަން މޫސާ އަންވަރު ސުޕްރީމް ކޯޓަށް މައްސަލައެއް ވައްދަން ނިންމާފައިވާއިރު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) އިން ސަސްޕެންޑު ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން އުވާލަން ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ. ނަމަވެސް ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ދެމެހެއްޓުމަށް އެ ކޮމިޝަނުން ވަނީ މިހާރު ވަނީ ނިންމާފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ