ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް - ފެށުން ފޮޓޯ: ވިސާމް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގިނަ އަދަދެއްގެ ނަރުހުން ހޯދަނީ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އަށް ގިނަ އަދަދެއްގެ ނަރުހުން ހޯދުމަށް އެހޮސްޕިޓަލުން އިޢުލާނުކޮށްފިއެވެ.

އެ ހޮސްޕިޓަލުން މިދިޔަ އާދިއްތަ ދުވަހު ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ހޮސްޕިޓަލަށް ނަރުހުން ހޯދަނީ ބިދޭސީ މުވައްޒަފުންގެ ބަދަލުގައި ދިވެހި މުވައްޒަފުން ހޯދުމަށްކަމަށެވެ.

ކުލުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ގިނަ އަދަދެއްގެ ނަރުހުން މަސައްކަތް ކުރައްވަމުން ދާއިރު، މި ހޮސްޕިޓަލަކީ އަތޮޅު ތެރޭގައި ހުރި ހޮސްޕިޓާތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ޚިދުމަތް ހޯދާ ހޮސްޕިޓަލެވެ.

އެގޮތުން މި ހޮސްޕިޓާ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ތާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ހެދުމަކީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ވަޢުދެކެވެ.

ސަރުކާރުން އަންނަނީ މި ހޮސްޕިޓާ ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއްވެސް ކުރައްވަމުންނެވެ. އެގޮތުން ދާދި ފަހުން ވަނީ ކޭއާރުއެޗްގައި އެމްއާރުއައިގެ ޚިދުމަތްވެސް ފައްޓަވާފައެވެ. މިއީ އަތޮޅުތެގާއި މި ޚިުދލަތް ފެއްޓެވި ދެވަނަ ހޮސްޕިޓަލެވެ.

ކޭއާރުއެޗް އިން ނަރުހުން ހޯދުމަށް ކޮށްފައިވާ މި އިޢުލާނާއި ގުޅިގެން އެކަމަށް ޝައުޤުވެރިވެލައްވާފަރާތްތަކަށް 11 އެޕްރީލް 2021 ވަނަ ދުވަހުގެ 13:30 ގެ ކުރިން އެކަމަށް އެދި ފޯމު ހުށައެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ. އަދި މި މަޤާމަށް ތަކަށް މީހުން ނެގުމަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައި ވަނީ 2021 އޭޕްރީލު 14 އާއި 2021 އޭޕްރީލު 21 އާ ދެމެދު އެހޮސްޕިޓަލް ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ