މިއަދު ވެކްސިން ޖެހިމީހުންގެ އަދަދު 6،940

ކޮވިޑް-19 ފެތުރުން ކޮންޓުރޯލްކޮށް ބަލިން ރައްކާތެރިވުމަށް ރާއްޖޭގައި ފަށައިފައިވާ ކޮވިޑް-19 ވެކްސިން ކެމްޕެއިންގެ ދަށުން މިއަދު 6،940 މީހުން ގަޔަށް ވެކްސިން ޖަހައިފިއެވެ.

ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 ވެކްސިން ކެމްޕެއިންގެ މައުލޫމާތު ދެމުން މިރޭ ވިދާޅުވީ، މިއަދު ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް 4،742 މީހުން ޖަހައިފައިވާއިރު ދެވަނަ ޑޯޒް 2،198 މީހުން ޖަހައިފައިވާ ކަމަށެވެ.

މިއަދު ވެކްސިން ޖެހިމީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން ފުރަތަމަ ޑޯޒް ޖެހި 376 މީހަކާއި ދެވަނަ ޑޯޒް ޖެހި 2،116 މީހެއްގެ އިތުރުން އަތޮޅުތެރޭ ރައްތަކުން ފުރަތަމަ ޑޯޒް ޖެހި 4،366 މީހުންނާއި ދެވަނަ ޑޮޒް ޖެހި 82 މީހުންނެވެ.

މިހާތަނަށް މުޅި ޖުމްލަ 263،832 މީހުން ކޮވިޑް ވެކްސިން ޖަހައިފައިވާއިރު މީގެތެރެއިން ފުރަތަމަ ޑޯޒް ޖެހިމީހުންގެ އަދަދަކީ 255،881 އަދި ދެވަނަ ޑޯޒް ޖެހިމީހުންގެ އަދަދަކީ 7،951 އެވެ.

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ކެމްޕެއިން ފަށައިފައިވަނީ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ. ރާއްޖޭގައި ދެމުން ގެންދަނީ ކޮވިޝީލްދް ވެކްސިނާއި ސިނަފާމް ވެކްސިނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ