ޖެނިފާ ލޯޕޭޒް އާއި އެލެކްސްގެ އެންގޭޖްމެންޓް ރޫޅައިލައިފި

މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނިފާ ލޯޕޭޒް އާއި އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އެލްކްސް ރޯޑްރީގުއޭޒްގެ އެންގޭޖްމެންޓް ރޫޅާއިލައިފިއެވެ.

އެންގޭޖްމެންޓް ރޫޅާލައިފައިވާކަން މި ދެމީހުން ވަނީ ޖޮއިންޓް ސްޓޭޓްމެންޓަކުން ކަށަވަރުކޮށްދީފައެވެ.

2017 ވަނަ އަހަރުން ފެށިގެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު މި ދެ މީހުންގެ ދުވަސްވީ ގުޅުން ނިއްމާލީ، އެކި ފަހަރު މަތިން މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކޮށްވެސް ނާކާމިޔާބު ވުމުން ކަމަށް ބުނެފައިވެއެވެ.

މި ދެމީހުން ބުނެފައިވަނީ، ގުޅުން ނިއްމާލިކަމުގައި ވިޔަސް، ރައްޓެހިންގެ ގޮތުގައި ތިބޭނެކަމަށެވެ. އަދި މަސައްކަތުގައާއި ، ވިޔަފާރީގައި އެކަކު އަނެކަކުވެސް ދެމީހުންނަށް އެހީތެރިވުމުގައި ތިބޭނެކަމަށެވެ.

ޖެނިފާ އާއި އެލެކްސް ވަކިވިކަމުގެ ޙަބަރު އެންމެ ފުރަތަމަ ފެތުރުނީ، މިދިޔަ މާޗް މަހުގެ މެދުތެރޭގައެވެ. ނަމަވެސް އޭރު މި ދެމީހުން ވަނީ އެ ޙަބަރު ދޮގުކޮށްފައެވެ.

ޖެނިފާ އާއި އެލެކްސް ކައިވެނިކުރުމަށް އެންގޭޖް ވެފައިވަނީ، ދެ އަހަރު ދުވަހު ޑޭޓް ކުރުމަށްފަހު 2019 ވަނަ އަހަރުގެ މާޗް މަހުއެވެ.

ޖެނިފާ މީގެ ކުރިން ވަނީ ދެ ކައިވެންޏެއް ކޮށްފައެވެ. އަދި އޭގެ ތެރެއިން ދެވަނައަށް ކައިވެނި ކުރި، އެކްޓަރ ކްރިސް ޖަޑް އާއެކު، ޖެނިފާއަށް ވަނީ އެއް މާބަނޑު ދެ ކުދިން ލިބިފައެވެ. 2004 ވަނަ އަހަރު ޖެނިފާ ކްރިސް އާއި ކައިވެނި ކުރިއިރު، މި ކައިވެނި ރޫޅުނީ 2014 ވަނަ އަހަރުއެވެ.

މީގެ އިތުރުން، އެލްކްސް ރޯޑްރީގުއޭޒް ވެސް ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށް، ކައިވެންޏަށް ދެ އަންހެން ކުދިން ލިބިފައެވެ.

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ