އިނގިރޭސި ކުލަބް ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ކަމުން ޖޯސޭ މޮރީނިއޯ ވަކިކޮށްފިއެވެ.
މޮރީނިއޯ ވަކިކޮށްފައި މިވަނީ މި ސީޒަނުގައި ޓޮޓެންހަމްގެ ނަތީޖާތައް ދަށްވެ، އެޓީމުގެ ސަޕޯޓަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް އޭނާ އަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
2019 ވަނަ އަހަރު މޮރީނިއޯ އެ މަގާމަށް އައްޔަން ކުރީ ޓޮޓެންހަމް އަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިދިން މައުރީސިއޯ ޕޮޗެޓީނޯ މަގާމުން ވަކިކުރުމަށްފަހުއެވެ.
މޮރީނިއޯ މަގާމުން ވަކިކުރިއިރު އަންނަ އާދީއްތަ ދުވަހުގެރޭ އިނގިރޭސި ލީގު ކަޕްގެ ފައިނަލްގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ޓޮޓެންހަމް ނިކުންނާނެއެވެ.
ޓޮޓެންހަމްގެ ވެރިން މޮރީނިއޯ އާއި މެދު ގިނަ ހިތްހަމަނުޖެހުންތަކެއް ހުރިކަމަށް މީޑިއާ ރިޕޯޓުތައް ބުނާއިރު، ޓޮޓެންހަމް އާއެކު މޮރީނިއޯ ހަދާފައިވާ އެއްބަސްވުން ކުރިން ހަމަވާގޮތަށް އޮތީ 2023 ގައެވެ.



